
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“އަރުމޭނިއަން ޔޫތް އޯޕަން 2025” ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހާސިލުކުރި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫޕް ރާއްޖެ އައުމުން ހޫނު މަރްހަބާއެއް ކިޔައިފިއެވެ. ލައިބާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރިޔާޒު އާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) އެވެ.
ސްޓޭޓް މިނިސްޓަރ ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ބެޑްމިންޓަނުން ރާއްޖެއަށް ގިނަ ރަންވަނަތަކެއް ލައިބާ ގެނެސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ލައިބާ މި ގެނެސްދިން ރަން މެޑަލްތަކަކީ ރާއްޖެ ފަހުރުވެރިވާ ކަމެއް ކަމަށާއި، ކުޅިވަރު ވުޒާރާއިން ލައިބާގެ ކުރިއެރުމަށް ހިތްވަރު ދެއްވާކަމަށް ރިޔާޒް ފާހަގަ ކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލައިބާ ބުނީ މިކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި، އަބަދުވެސް މުބާރާތްތަކަށް ދަނީ ރަން މެޑައްޔަކަށް އުންމީދުކޮށްގެން ކަމަށެވެ. އަދި ލައިބާގެ ކާމިޔާބީ ސަރުކާރުން ފާހަގަ ކުރެއްވީތީ ވަރަށް އުވާފާ ކަމަށާއި، އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިއްޖެކަމަށްވެސް އޭނާ ބުންޏެވެ. ލައިބާގެ ބައްޕަ އަހުމަދު މަހްލޫފް ބުނީ ލައިބާގެ މި ކާމިޔާބީގައި ސަރުކާރުގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތްކަމަށެވެ.
“މިކަންމިވަނީ އެލީ ކުރާ މަސައްކަތަށް އެކިއެކި ގޮތްގޮތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭތީ. ހާއްސަކޮށް މި އަރުތަ ޕްރޮގްރާމްގައި ލައިބާ ހިމަނާދިން ފަހުން މުބާރާތްތަކަށް ދަތުރުކޮށް ހެދުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އޭގެއިތުރަށްވެސް ސްޕޮންސަރުންވެސް އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ. މި މަސައްކަތް ކުރަނީ ބަޔަކާއި ވާދައަކަށް ނޫން. އަބަދުވެސް މަސައްކަތް ކުރަނީ އެއްދުވަހަށްވުރެ އަނެއް ދުވަހު ލައިބާއަށް ލައިބާއަށް ވުރެ މޮޅުވެވޭތޯ” މަހްލޫފް ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލައިބާގެ ބައްޕަ ބުނީ މިއީ ބެޑްމިންޓަންގައި ކުރިޔަށްދާން ބޭނުންވާ އެހެން އެތުލީޓުންނާއި އެހެން ކުޅިވަރުތަކަށް ޝައުގުވެރިކަން ހުރެގެން މަސައްކަތް ކުރާ ބެލެނިވެރިންނަށް އުންމީދެއް ހޯދައިދިނުން ކަމަށާއި، ބޭނުމަކީ ވީހާވެސް ގިނަ ކުދިންނަށް މި ކަހަލަ ފުރުސަތުތައް ލިބުން ކަމަށެވެ. 2022 ވަނަ އަހަރުން ފެށިގެން އަމިއްލަ ގޮތުން ޔޫރަފްގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ލައިބާ ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަންމެޑަލް ހޯދުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ސިންގަލްސްގައި ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް ލައިބާ ރަންމެޑަލް ހޯދީ 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ. މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ. ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ،
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
