
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މޯލްޑިވްސް 2.0” އަކީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް މުހިންމު މަޝްރޫޢުއެއްކަމަށާއި ޞިއްޙީ ނިޒާމް ޑިޖިޓަލައިޒްކުރުމަށް މިހާރުވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއެކު ދުރުރާސްތާ މާސްޓަރ ޕްލޭނެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާފާއެވެ. ޚާއްސަކޮށް މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނުއްވުމަކީ މުޅި ޤައުމަށާއި ޚާއްސަކޮށް ޞިއްޙީ ދާއިރާއަށް ފައިދާވާނެކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އާބާދީއަކީ ޓެކްނޮލޮޖީއަށް ފަރިތަ ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްގެންދެވިއްޖެނަމަ ޞިއްޙީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި ބަލިމީހުންގެ ޞިއްޙީ ރިކޯޑްތައް އެއްތަނަކުން ފެންނަން ހުރުމަކީ މުހިންމުކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވުއެވެ. “މިކަމުގެ ސަބަބުން ޚަރަދުވެސް ކުޑަކުރެވޭނެ. ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެ. ޚިދުމަތަށް އިތުބާރުވެސް ލިބިގެންދާނެ.” ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މިހާރުވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއެކު ޞިއްޙީ ނިޒާމް ޑިޖިޓަލައިޒްކުރުމަށް ދުރުރާސްތާ މާސްޓަރ ޕްލޭނެއްގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށާއި މި މަސައްކަތުގެ ދަށުން ކުޑަކުދިންނަށް ދޭ ވެކްސިންގެ ރެކޯޑްތައް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަހަރު އުފަންވި ކޮންމެ ކުއްޖެއްގެވެސް ވެކްސިން ރެކޯޑްތަކާއި ގްރޯތު މޮނިޓަރިން ޑިޖިޓަލްކޮށް ބަލަހައްޓަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކުދިންގެ މައިންބަފައިންނަށް އެ ނިޒާމުގެ ތެރެއިން ވެކްސިން ޖެހި ދުވަހާއި، ދެން ވެކްސިން ޖަހަން ޖެހޭ ދުވަސްފަދަ މުހިންމު މަޢުލޫމާތުތައް ފެންނަން ހުންނާނެކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ މިހާރު ގެންގުޅެމުންދާ ކަރުދާސް ސިސްޓަމް ދޫކޮށްލާ ކުރީގެ ޑޭޓާތައްވެސް އައު ސިސްޓަމަށް އެޅުމަށްކަމަށެވެ. ސަރުކާރުގެ އަމާޒަކީ މުޅި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމެވެ. މިކަން ތަންފީޒުކުރުމަށް “މޯޑިވްސް 2.0” އާއި ގުޅޭ ޤާނޫނެއްވެސް ފާސްކުރެވޭނެއެވެ. ސަރުކާރުގެ ޚިދުމަތްތައް ފިޔަވައި ދައުލަތުގެ އެހެން ބާރުތައްވެސް ޑިޖިޓަލައިޒް ކުރުމަށާއި ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް މި ޤާނޫނުގެ ތެރެއިން ބާރު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް އިސްކަންދެއްވާނެކަން ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
