
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް ލިބިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި އެކި ބާވަތުގެ މަސްވެރިކަން ކުރަމުން އަންނައިރު މިއިން ކޮންމެ މަސްވެރިކަމަކަށްވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށެވެ. އެ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާހާ މިންވަރަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެންނަށް ފަންޑް ސެކިޔޮރ ކުރެވިއްޖެ. 4.5 ބިލިޔަން ރުފިޔާގެ އިންވެސްޓްމަންޓް އިރާދަކުރެއްވިއްޔާ މަސްވެރި ސިނާޢަތަށް ހެދިގެންދާނެ. ސަރުކާރުން މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް އަޅުގަނޑަކަށް ހިޔެއްނުވޭ މިވަރުގެ ބޮޑު ފޯކަސްއެއް މަސްވެރި ސިނާޢަތަށް އެއްވެސް ޒަމާނެއް އޮތްހެނެއް. އެ ފޯކަސް އެގޮތަށް އޮތްނަމަ މި ހާލަތުގައި މަސްވެރި ސިނާޢަތެއް ނޯންނާނެ.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
މަސްވެރިކަމުގެ ސިނާޢަތަށް ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ލިބުމަށް އޮތް ހުރަހަކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން މަސްވެރި އެންމެ ބޮޑު ކުންފުނި މިފްކޯ ހިންގަންޖެހުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ބޭނުންވަނީ މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ހަދަންކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ މަސްވެރި ސިނާޢަތަކީ ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ ކުންފުނިތައް އިންވެސްޓްކުރަން ނާންނަގޮތަށް އޮންނަ ސިނާޢަތެއްގެ ގޮތުގައި ބާއްވަން ސަރުކާރުން ބޭނުންނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ބޭނުންވަނީ މަސްވެރިންނަށް ރަނގަޅު އަގެއް ދެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ބޭރުގެ އިންވެސްޓްމަންޓް ލިބޭ ސިނާޢަތަކަށް ހަދަންކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް މިސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލުކުރެއްވުމަށެވެ. އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި ބޭރުކުރުމަށް ދަނީ މަސައްކަތްކުރައްވަމުންނެވެ. މިއާއެކު މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 3 ގުނަ އިތުރުވެގެންދާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
