
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ މެދުތެރޭގައި އޮތް ދްނީޕްރޯޕެތުރޯވްސްކް ސަރަޙައްދަށް އަތްގަދަ ކުރަން ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަމުންދާ ރަޝިޔާގެ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ދްނީޕްރޯޕެތުރޯވްސްކަކީ ދޮންޏެސްކް، ޚަރްސަން އަދި ޒަޕޮރީޜިޔާގެ މެދުގައި އޮންނަ ސަރަޙައްދެކެވެ. އޭގެ ތެރެއިން ދޮންޏެސްކުގެ ބޮޑު ސަރަޙައްދަކާއި ޒަޕޮރީޜިޔާގެ ބައެއް ރަށްތައް މިހާރު ވެސް އޮތީ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ.
ދްނީޕްރޯޕެތުރޯވްސްކަށް އަތްގަދަ ކުރުމަށް ރަޝިޔާގެ ފައުޖުން އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ މީގެ މަސްތަކެއް ކުރިންނެވެ. އަދި، މިހާރު އެ ވަނީ އެ ކެމްޕޭން އިތުރަށް ފުޅާކޮށް ވަރުގަދަ ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދު ދިފާޢު ކުރުމަށް ޔޫކްރެއިންގެ ސިފައިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ދްނީޕްރޯޕެތުރޯވްސްކަށް ރަޝިޔާގެ ސިފައިން ވަންނަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވީ ނަމަވެސް، މިނިވަން އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. އަދި، ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ރަޝިޔާގެ ދަޢުވާ ދޮގު ކޮށްފައެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ފައުޖުތަކުން ޖަމާވެފައި ވަނީ ދޮންޏެސްކުން ކަމުގައެވެ. އަދި، 90ވަނަ އަސްކަރީ ޓޭންކު ޑިވިޜަންގެ ގިނަ އަދަދެއްގެ ޓޭންކުފަހަރާއި ބަރުހަތިޔާރު މި ވަގުތު އެ ސަރަޙައްދަށް ޖަމާވެފައިވާ ކަމުގައެވެ. ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ރަޝިޔާގެ ސިފައިން އެ ސަރަޙައްދަށް ވަންނަން ފަށާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ރަޝިޔާގެ ފައުޖުން ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް ވަންނަން ފަށައިފި ނަމަ، ޔޫކްރެއިންގެ ސިފައިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. ރަޝިޔާގެ ސިފައިން ވަދެފައި ވަނީ ދްނީޕްރޯޕެތުރޯވްސްކްގެ ކިހާ ހިސާބަކަށް ކަން ސާފު ނޫން ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ ޚޮރްތިތުސާ ލަޝްކަރުގެ ތަރުޖަމާނު ވިކްތޮރު ތްރަހުބޮވް ވަނީ، ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް ރަޝިޔާގެ ސިފައިން ވަންނަން ފަށާފައިވާ ކަމަށް ބުނެ ރަޝިޔާގެ ދިފާޢީ ވުޒާރާއިން ކޮށްފައިވާ ދަޢުވާ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕޯކްރޮވްސްކާއި ނޮވޮޕަވްލިވްކާއާ ދިމާލުން ރަޝިޔާގެ ސިފައިން ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް ވަންނަން ފަށާފައިވާ ކަމުގެ ޚަބަރަކީ ދޮގު ޚަބަރެއް ކަމުގައެވެ.
އެންމެ ފަހުގެ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބޭ
ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާ ކުރާ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދަނީ ތުރުކީވިލާތުގެ ވިޔަފާރީގެ މަރުކަޒީ ރަށް، އިސްތަންބޫލުގައެވެ. އެ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުންތަކެއް ހޯދިފައި ނުވާއިރު، މި ވަގުތު މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ.
ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް ދްމީތުރީ މެދްވޭދެފް ވިދާޅުވީ ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް ރަޝިޔާއިން ވަރުގަދަ ކެމްޕޭނެއް ފަށާފައި ވަނީ އިސްތަންބޫލުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތައް ފޭލުވުމާ ގުޅިގެން ކަމުގައެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ބިންތައް އެ ޤައުމަށް ދޫކޮށްލުމަށް ޔޫކްރެއިނުން އިންކާރު ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. “ހަނގުރާމައިގެ މައިދާނުގެ ޙަޤީޤަތްތައް ޤަބޫލު ކުރުމަށް އިންކާރު ކުރަމުންދާ ކޮންމެ މީހަކަށް އެ މައިދާނުގައި އިތުރު އައު ޙަޤީޤަތްތަކާ ކުރިމަތިލާން ޖެހޭނެ،” އޭނާ ވިދާޅުވިއެވެ. ދްނީޕްރޯޕެތުރޯވްސްކްގެ ސަރަޙައްދުތަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކުރަމުންދާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާއިން ދޮގުކޮށްފައިވީ ނަމަވެސް، ޔޫކްރެއިންގެ އުތުރުގައި އޮތް ސޫމީ ސަރަޙައްދާއި އިރުމަތީ ދޮންޏެސްކުގެ ލައިމަން ސަރަޙައްދުގައި ރަޝިޔާގެ ފައުޖުތަކުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި، އިތުރު ރަށްތަކަށް ވެރިވެގަންނަވަމުންނެވެ. މީގެ އިތުރުން ޕޯކްރޮވްސްކަށް އަތްގަދަ ކުރުމަށް ވެސް ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ، ޕޯކްރޮވްސްކް ސަރަޙައްދަށް އަތްގަދަ ކުރުމަށް ރަޝިޔާގެ ސިފައިން 65 ފަހަރު މަސައްކަތްކޮށް، ނުރައްކާތެރި ޙަމަަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ޙަމަލާތައް ދިފާޢުކޮށް، ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ރަޝިޔާ ސިފައިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައި ސަރަޙައްދެއް މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކެއް ހިމެނެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
