
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހައިހޫނުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކާބޯތަކެތި ހިފައިގެން އެ ސަހަރަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ޔަހޫދީ ފައުޖުން ހިފަހައްޓައިފިއެވެ. އެ ބޯޓުގައި 12 ފަޅުވެރިން ތިބިއިރު، އޭގެ ތެރޭގައި ތިމާވެށި ހިމާޔަތް ކުރުމަށާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ އެކްޓިވިސްޓެއް ކަމުގައިވާ ގްރިއެތަ ތުންބަރީއާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ރީމާ ޙަސަން ވެސް ހިމެނެއެވެ. އެ އެންމެން ހައްޔަރުކޮށް، އެ ބޯޓު ޒަޔަނިސްޓު އިސްރާއީލުގެ ބަނދަރަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޔަހޫދީން ހިފަހައްޓާފައިވާ ބޯޓަކީ އިނގިރޭސިވިލާތުގައި ރަޖިސްޓަރީ ކޮށްފައިވާ މެޑްލީނެވެ. އެ ބޯޓަކީ، ޣައްޒާގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޖަމުޢިއްޔާ، ފްރީޑަމް ފްލޮޓިއްލާ ކޯލިޝަން (އެފްއެފްސީ)ގެ އުޅަނދެކެވެ. އެ އުޅަނދުގައި ޣައްޒާއަށް ކުޑަ މިންވަރެއްގެ ކާބޯތަކެތި ގެންދިޔުމަށް އެފްއެފްސީން މަސައްކަތް ކޮށްފައި ވަނީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހެމުންދާ ކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. އަދި، ޣައްޒާގެ ފުރަބަންދު އުވައިލުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އަދި، ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރުގެ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށްފަހު، ޣައްޒާއަށް މިހާތަނަށް ވައްދާފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗެވެ. އެފްއެފްސީން ބުނީ، ޣައްޒާގެ ފުރަބަންދު ފޫއަޅުވައިލައި، އެ ސަހަރަށް ކާބޯތަކެތި ގެންދިޔުމަށް މަސައްކަތް ކުރަމުން ދިޔަ އުޅަނދު ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ޖޫން 8ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމުގައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ، މެޑްލީންގެ ނަން ދީފައިވާ އުޅަނދު ހިފަހައްޓައި، އޭގައި ތިބި ފަޅުވެރިން ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
އެ ވުޒާރާއިން ބުނީ، އެ އުޅަނދުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމުގައެވެ. އަދި، އިސްރާއީލުގެ ބަނދަރަކަށް އެ މީހުން ބޭލުމަށް ފަހު، “ސެލްފީ ނެގުމަށް ޓަކައި އޭގައި ދަތުރު ކުރި” މީހުން އަނބުރާ އެ މީހުންގެ ވަޒަނަށް ފޮނުވައިލާނެ ކަމުގައެވެ. “ޔަހޫދީ ފައުޖުން ވަނީ ފްރީޑަމް ފްލޮޓިއްލާގައި ތިބި ހުރިހާ ފަޅުވެރިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދެއްގައި ތިއްބާ މެންދަމުން އަނބުރާ 2 ޖަހަނިކޮށް ހައްޔަރު ކޮށްފައި،” ރީމާ ޙަސަން ވިދާޅުވިއެވެ. އެ އުޅަނދުގައި ހުރި ތަކެތީގެ ތެރޭގައި ހަނޑުލާއި ކުޑަކުދިންނަށް ދޭ ކިރު ހިމެނެއެވެ. ޒަޔަނިސްޓުންގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ތަކެތި އިސްރާއީލަށް ބޭލުމަށް ފަހު، ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމުގައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، އެ އުޅަނދުގައި ތިބީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ތާޢީދު ކުރާ، އަދި އެ ޖަމާޢަތަށް ވާގިވެރިވާ ބަޔެއް ކަމުގައެވެ.
ކަނޑުމަގުން ޣައްޒާއަށް ދަތުރު ކުރެވެން އޮތް ހުރިހާ މަގެއް ޔަހޫދީން ބަންދު ކޮށްފައި ވަނީ 2007ވަނަ އަހަރުއެވެ. ބޭނުމަކީ، ޙަމާސަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުން ކަމުގައި ޔަހޫދީން ބުންޏެވެ. ކަނޑުމަގުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. ފަލަސްޠީނުގެ ސަރަޙައްދުތަކަށް އެކުވެރި ދައުލަތްތައް (އދ)ން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕޯޓަރ ފްރެންޗެސްކާ އަލްބެނޭޒޭ ވަނީ ފްރީޑަމް ފްލޮޓިއްލާގައި ޣައްޒާއަށް ކާބޯތަކެތި ގެންދަން މަސައްކަތް ކޮށްފައިވާ މީހުންނަށް ތާރީފު ކުރައްވާފައެވެ. “މެޑްލީންގެ ދަތުރު ނިމުމަކަށް ގެނެސްފައިވީ ނަމަވެސް، އެ އޮޕަރޭޝަނަށް ނިމުމެއް އައިސްގެން ނުވާނެ. މެޑިޓެރޭނިޔަން ކަނޑުގައި އޮތް ހުރިހާ ބަނދަރަކުން ޣައްޒާއަށް ބޯޓުފަހަރު ފޮނުވަން ފަށަންވީ، އަދި ޣައްޒާގެ ރައްޔިތުންނާ އެކު ތިބި ކަން ހާމަކޮށްދޭންވީ،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
