
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ މެއި މަހުގެ 13ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ހަސްފަތާލަކަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢާތުގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ހޯދާފައިވާ ކަމަށް ޔަހުދީން ބުނެފިއެވެ. މުޙައްމަދު ސިންވާރަކީ ޙަމާސްގެ ކުރީގެ އިސްވެރިޔާ، ޔަޙްޔާ ސިންވާރުގެ ކޮއްކޯފުޅެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަޙްޔާ ސިންވާރު ޝަހީދުވުމުން އޭނާގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގެންފައި ވަނީ މުޙައްމަދު ސިންވާރެވެ.
ޔަހޫދީންގެ އަސްކަރީ ފައުޖު، އައިޑީއެފުން ބުނީ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހަސްފަތާލުގެ އަޑީގައިވާ ބިންގަރާހެއްގެ ތެރެއިން ކަމަށެވެ. ޙަމާސްގެ ރަފަޙް ބްރިގޭދުގެ އިސް ކޮމާންޑަރު ކަމަށްވާ މުޙައްމަދު ސަބާނީހު ވެސް ހަސްފަތާލަށް ދިން ޙަމަލާގައި ޝަހީދުވެފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. މުޙައްމަދު ސިންވާރުގެ ހަށިގަނޑުގެ އިތުރުން އިތުރު ބައެއްގެ ހަށިތައް ވެސް އެ ސަރަޙައްދުން ފެނިފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. މުޙައްމަދު ސިންވާރު ޝަހީދުވެފައިވާ ޙަމާސުން މިހާތަނަށް ޔަޤީން ކޮށްދީފައެއް ނުވެއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙަމާސްގެ ގިނަ ޢަދަދެއްގެ އިސްވެރިން ޝަހީދު ކޮށްލައިފައެެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ޟައިފު ވެސް ހިމެނެއެވެ. އޭގެ އިތުރުން ޙަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ ވެސް ވަނީ އީރާނުގައި ހުންނަވަނިކޮށް ދިން ޙަމަލާއެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝަހީދު ކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
