
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަމާޒަކީ މި 5 އަހަރުތެރޭ، ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް އޮންނަ ގޮތަށް ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެކަން ހާސިލްކުރުމަށް ވުޒާރާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، މިދައުރުތެރޭ ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފެދިގެން ދިއުންކަމަށެވެ.
“ތަރިކައިގެ ދާއިރާއެކޭ މި ދެންނެވޭ ބަހުގެ މާނައަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަޤާފަތްވެސް އޭގެ ސާފު މާނައިގައި ދޭހަވުން. ތަރިކައަކީ ނުވަތަ ތަރިކައަށް ނުވާ އެއްޗަކީ ކޮބައިކަން އޭގެ ސާފު މާނައިގައި ދޭހަވުން.” ވަޒީރު ވިދާޅުވިއެވެ. ދިވެހީންނަށް ލިބިފައިވާ ތަރިކައިގެ އެންމެ މުހިންމު އެކައްޗަކީ ދިވެހި ބަސްކަން ހަނދާންކޮށްދެއްވާ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، އެނޫންވެސް ގިނަ ތަރިކަތަކެއް ދިވެހީންނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ކޮންމެ ރަށެއްގައި ފެންވަރުގަވެސް މިކަމާ ވަކާލަތުކުރާނެ، މިކަމަށް ކަންބޮޑުވާނެ ނުވަތަ މިކަމަށް ހޭލުންތެރި، ތަރިކަތައް ހެޔޮގޮތުގައި ދަމަހައްޓަން ބޭނުންވާ ޖަމާޢަތެއް އޮތުން ވަރަށް މުހިންމު
ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމުކަމެއްކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިގެންދިއުމާއެކު ތަރިކައިގެ މަޢުލޫމާތުތައް އާންމުވެ، ޅަޖީލުތަކާ ހަމައަށް އެ މަޢުލޫމާތުތައް ވާސިލްވުމަކީ، ރަށްރަށުގައިވެސް ތަރިކައިގެ އާސާރުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަމަށެވެ. މިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އޭގެ މިސާލަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. “އަޅުގަނޑުހިތުން ރާއްޖޭގެ ވަރަށްމަދު އެއްޗެއް ކުތުބުޚާނާއަކީ. ގޭގޭގަވެސް ފޮތް ހަރުގަނޑު ވަރަށް ނުހުރޭ. އެހެންވީމަ އަޅުގަނޑުމެންގެ ކަންކަމާމެދު ލިޔާނެ ލިޔުންތެރީން އޭރުން ތިބޭނެ. ލިޔެވޭ ފޮތްތައް ފެންނަން ހުންނާނެ. އެހިސާބަށް ދެވޭނެކަމަށް އަޅުގަނޑު އުއްމީދުކުރަނީ.” ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ތަރިކައިގެ ދާއިރާއެއް އުފެދިއްދިއްޖެނަމަ އެކި ތަންތަން ފަރުމާކުރާއިރުވެސް ދިވެހީންގެ ސިފަތަކުން ފަރުމާ ވެގެންދާތަން ފެންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. އެއީ ގެސްޓްހައުސްތައް ފަރުމާކުރުންކަމުގައިވިޔަސް، ރެސްޓޯރަންޓްތައް ކަމުގައިވިޔަސް ނުވަތަ ކާއެއްޗެހި ވިއްކާ ތަނެއްކަމުގައިވިޔަސް އަދި މަގުހެދުން ނުވަތަ ގަސް އިންދުން ކަމަށްވިޔަސް، މިއިން ކޮންމެ ކަމެއްގައިވެސް ދިވެހީންގެ ސިފަތަކުން ސިފަ ލިބިގެންވާ ގޮތް ފެންނަމުންދާނެކަން ޤަބޫލުކުރައްވާކަމަށެވެ. ދިވެހީންގެ މިނިވަންކަމަށް މަސައްކަތްކުރާނީ ދިވެހީންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ދިވެހީންގެ އަމިއްލަވަންތަކަން ދަމަހައްޓަން ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
