
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުތަކަކީ، ހަމައެކަނި ޤުދުރަތީ ވަސީލަތެއް ނޫން ކަމަށާއި އެއީ ދިރިއުޅުމުގެ އަސާސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކަނޑުތަކުގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަމާއި ކަނޑުތަކުގެ ދުޅަހެޔޮކަންވަނީ ގުޅިފައި ކަމަށެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމަކަށް ކަނޑުތަކަކީ ހަމައެކަނި ލިބިފައިވާ ޤުދުރަތީ ވަސީލަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ކަނޑުތަކާއި ގުޅިފައިވާއިރު ކަނޑުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ އަސާސް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަހުގެ ސްޓޮކަށް ބަދަލު އަންނަކަމަށާއި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ކަނޑުގެ ފިނިހޫނުމިންވެސް މަތިވަމުންދާކަމަށެވެ. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުމަށް އައު އަޒުމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާއިރު، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ވަނީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި އެކަމުގެ މަސައްކަތްތައް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރަން ނިންމީ 1992 ވަނަ އަހަރު ރިއޯ ޑި ޖެނީރޯގައި ބޭއްވި އާތު ސަމިޓުގެ ތެރެއިންނެވެ. މި ދުވަސް ޤައުމުތަކުގައި ފާހަގަކުރުމަށް ނިންމާފައިވަނީ 2008 ވަނަ އަހަރުއެވެ. މިއަހަރުގެ ކަނޑުގެ ދުވަހުގެ ޝިޢާރު ބިނާވަނީ ކަނޑުތަކުގެ ދެމެހެއްޓެނިވިކަމުގެ މައްޗަށެވެ. މި ޝިޢާރުންވެސް ބުނެދެނީ ކަނޑުގެ ވަސީލަތްތަކަކީ އަގުހުރި ވަސީލަތެއްކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
