
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ޒަޔަނިސްޓު އިސްރާއީލުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޢުލޫމާތު އެކުލެވިގެންވާ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ލިބިފައިވާ ކަން އީރާނުން ހާމަކޮށްފިއެވެ. އިރާނުގެ ދައުލަތުގެ މީޑިޔާއިން މި ކަން ހާމަކޮށްފައިވާއިރު، ޒަޔަނިސްޓު ސަރުކާރުން މި ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. އީރާނާއި ޒަޔަނިސްޓު އިސްރާއީލަކީ މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ދެ ދުޝްމަނުންގެ ގޮތުގައި ބެލެވޭ ދެ ޤައުމެވެ. އެ ސަރަޙައްދުގެ މުސްލިމުން ޤައުމުތަކާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު، ޒަޔަނިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާން ކަމުގައި ޔަހޫދީން ޤަބޫލު ކުރެއެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޢުލޫމާތު އެކުލެވިގެންވާ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ހޯދާފައި ވަނީ އީރާނުގެ ޖާސޫސީ އިދާރާގެ ހެކަރުން ކަމުގައި އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. އެ ލިޔެކިތުންތައް ހޯދާފައި ވަނީ ހުސްވި އަހަރު ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގައި ކަމުގައި ވެސް އެ މީޑިޔާއިން ބުންޏެވެ. އިރާނުގެ ދައުލަތުން ހިންގާ ޕްރެސްޓީވީން ބުނީ، އެ ލިޔެކިޔުންތައް ލިބިފައިވާ ކަމުގެ މަޢުލޫމާތު އެ ޤައުމުގެ ޖާސޫސީ އިދާރާއިން މިއަދާ ހަމައަށް ސިއްރު ކޮށްފައި އޮތީ، އެ ލިޔެކިޔުންތަކުގެ އަދަދު ގިނަވުމާއި، އެ ތަކެތި އީރާނަށް ގެންދިޔުމަށް ވަގުތު ބޭނުންވީމައި ކަމުގައެވެ. މިހާރު އެ ލިޔެކިޔުންތައް ހުރީ ޖާސޫސީ އިދާރާގެ ބެލުމުގެ ދަށުގައި، ސިއްރު މަރުކަޒުތަކެއްގައި ކަމުގައި ވެސް އެ ޓީވީން ރިޕޯޓު ކުރިއެވެ. އެ މަޢުލޫމާތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފޮޓީއާއި ވީޑިޔޯ ހިމެނޭ ކަމަށާއި، އެ ތަކެތި ބަލައި ވަގުތު ބޭނުންވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޓީވީން ބުންޏެވެ.
ޔަހޫދީންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ލިބިފައިވާ ކަން އީރާނުން ހާމަކޮށްފައި މި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ މެދު މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުމެވެ. 2018ވަނަ އަހަރުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ސިއްރު މަޢުލޫމާުތަކެއް ލިބިފައިވާ ކަން ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހާމަކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެމެރިކާއިން ބޭނުންވާ ކަންކަމަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ އެ ޤައުމާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް އޮތީ ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ޙަމަލާތައް އަމާޒު ކުރާނީ އީރާނުން ނިއުކްލިޔަރ މަސައްކަތްތައް ކުރާ މަރުކަޒުތަކަށް ކަމުގައެވެ. އެ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން އޭޕްރިލް މަހު ރޭވިއެވެ. ނަމަވެސް، އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް އިސްކުރައްވައި، ޓްރަމްޕް ވަނީ ޔަހޫދީންގެ ޙަމަލާތަކަށް ހުރަސް އަޅުއްވާފައެވެ.
ޓްރަމްޕްގެ މައިގަނޑު ޝަރުޠަކީ، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާނެ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން މެދުކަނޑައިލުމެވެ. ނަމަވެސް، އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަނީ އެ ކަމަށް އީރާނުން އެއްބަސްނުވާނެ ކަން ހާމަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް ހުއްޓައިލުމަކީ އެ ޤައުމުގެ މަސްލަޙަތާ %100 ދެކޮޅު ކަމަކަށް ވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
