
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލައި، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ މަގުތަކުގައި އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަމުން އެބަދެއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ޤަތުލުޢާންމު ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުއެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ޣައްޒާގެ ރައްޔިތުންނަށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ތެލް އަވީވުގައި އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަމުން މި ދަނީ، އިޓަލީވިލާތުގެ ރައްޔިތުން ވެސް އެ ޤައުމުގެ ވެރިރަށް ރޯމްގައި މި ފަދަ މުޒާހަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އިޓަލީވިލާތުގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިން ގޮވައިލަމުން ދަނީ، ޒަޔަނިސްޓު ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމަށް އެހީތެރިކަން ފޯރުކޮށްދިނުން އިޓަލީވިލާތުގެ ސަރުކާރުން ހުއްޓައިލުމަށެވެ.
ތެލް އަވީވުގައި ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ވަނީ ޔަހޫދީ ފައުޖުގެ މައި މަރުކަޒު ކައިރިއަށެވެ. ޔަހޫދީންގެ ޤަތުލުޢާންމު ފެށި ފަހުން ތެލް އަވީވުގައި މި ފަދަ މުޒާހަރާތައް މެދުކެނޑުމެއް ނެތި ބާއްވަމުންދާއިރު، އެންމެ ފަހުގެ މުޒާހަރާތައް ފަށާފައި ވަނީ، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރޭގައި ހިމެނޭ ތައިލެންޑުގެ ރައްޔިތެއްގެ ހަށިގަނޑު ފެނިފައިވާ ކަން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ވުޒާރާއިން ބުނީ، މަރުވެފައިވާ އަސީރުގެ ހަށިގަނޑު ޔަހޫދީ ފައުޖުން ތައިލެންޑާ ޙަވާލު ކޮށްފައިވާ ކަމުގައެވެ. ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ގޮވައިލައި އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރަށް އެންމެ ބޮޑަށް ފިއްތުއްތައް ކުރިމަތި ކުރަމުން ދަނީ އެ އަސީރުންގެ ޢާއިލާތަކުންނެވެ. އެ ޢާއިލާތައް ތަމްސީލު ކުރާ ޖަމުޢިއްޔާއިން ބުނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި 55 އަސީރުންނަށް ވަގުތު ކުޑަތަންވަމުންދާ ކަމުގައެވެ. އަދި، އެ މީހުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމުޢިއްޔާއިން ވެސް ވަނީ ގޮވައިލާފައެވެ.
“ނަތަންޔާހޫ ދަނީ އަސީރުންގެ ފުރާނަ ޤުރުބާން ކުރަމުން”
ޙަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ގޮފި، އަލް-ޤައްސާމް ލަޝްކަރުގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ވިދާޅުވީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި އިސްރާއީލުގެ އަސީރަކު ބަހައްޓާފައި ހުރި ސަރަޙައްދަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގެ ތެރެއިން އޭނާ މަރުވެއްޖެ ނަމަ، ޔަހޫދީ ސަރުކާރުން އެ ކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ. ޔަހޫދީ ފައުޖުުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ އަސީރުން މަރުވެފައިވާ ކަން ޙަމާސުން މީގެ ކުރިން ވެސް ހާމަކޮށްފައިވެއެވެ.
ތެލް އަވީވުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ބުނީ، ޔަހޫދީ ފައުޖުގެ ޙަމަލާތަކާ އެކު އަސީރުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގައެވެ. “[ނަތަންޔާހޫ] އެ ދަނީ އަސީރުން ޤުރުބާން ކުރަމުން. އޭނާ [ޔަހޫދީ ފައުޖު] ބޭނުން ކުރަމުން ދަނީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާކަށް ނޫން، ނަމަވެސް ހަނގުރާމަ [ޤަތުލުޢާންމު] ކުރިއަށް ގެންގޮސް އޭނާގެ ސަރުކާރު ދަމަހައްޓަން،” މުޒާހަރާގެ އެއް ބައިވެރިއަކު ބުންޏެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ، ޙަމާސާ އެކު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީ ސަރުކާރަށް ބާރު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފަށް ވެސް ގޮވައިލާފައެވެ. ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމުގައި މުޒާހަރާގެ ބައިވެރިން ޤަބޫލު ކުރެއެވެ.
ވިލާތުގެ ގިނަ ޤައުމުތަކެއްގެ ރައްޔިތުން ވެސް ދަނީ، އެ ޤައުުތަކުގެ ސަރުކާރުތަކުން ޔަހޫދީންގެ ޤަތުލުޢާންމަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެ، އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލަމުންނެވެ. މި ގޮތުން، ރޯމްގައި ބޭއްވި ހިނގައިލުމެއްގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ބައިވެރިވެ، އެ ޤައުމުގެ ސަރުކާރަށް ފާޑުކިޔެވެ. އެ މީހުން ދަނީ ޔަހޫދީންގެ ޤަތުލުޢާންމު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ގޮވައިލައި، ބޮޑުވަޒީރު ޖޯޖިޔާ މެލޯނީގެ ސަރުކާރަށް ބާރު އަޅަމުންނެވެ. އިޓަލީވިލާތުގެ އިތުރުން ޑެންމާކާއި، ސްވިޑެން އަދި ޖަރުމަނުވިލާތުގެ ސަރުކާރުތަކާ ދެކޮޅަށް އެ ޤައުމުތަކުގެ ރައްޔިތުން ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
