
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ ގޮތުގައި އަބަދު އެއްބަޔަކު ތިބޭނަމަ އާގޮތްތަކެއް ހޯދަން އުނދުގޫ ވާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޡަލާލް ވިދާޅުވެއްޖެއެވެ. ކުޅިވަރު ހިންގުމުގައި އަބަދު އެއްބަޔަކު ތިބޭނަމަ ހޯދޭނެ މާބޮޑު ކުރިއެރުމެއް ނެތްކަމަށް ޠަލާލް ވިދާޅުވިއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ޠަލާލް ވިދާޅުވީ މަގާމާ ހަވާލުވެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ގިނަ އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ހައްލު ކުރެވިފަވާ ކަމަށެވެ. ޠަލާލް ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުގައި މައްސަލަ ހައްލު ނުކުރެވި ބޮއްސުންލައިގެން ދިޔައީ ތަންފީޒުކުރަން ތިބޭ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.
“އެބަޖެހޭ ކުޅިވަރު ކުރިއެރުވުމައްޓަކައި އާ ގޮތްތަކެއް އާ އީޖާދުތަކެއް ނެރެން، އަބަދު އަޅުގަނޑުމެން މިތާނގަ ދަނޑަށްއަރާ ކުޅެފަ، ގައުމުން ބޭރުން ކޯޗެއް ގެނެސް އަނެއްކާ އޭނާ ލައްވާ އިރުޝާދުތަކެއް ދީފަ، މިހެން ގޮސްގެން އެއީކީ އަދި ކާމިޔާބު ލިބޭނެ ގޮތެއް ނޫން.” ޡަލާލް ވިދާޅުވިއެވެ. ކާމިޔާބު ހޯދޭނީ ރަނގަޅު ޕްލޭނެކާއެކު މަސައްކަތް ކޮށްގެންކަން ފާހަގަކުރަމުން ޠަލާލް ވިދާޅުވީ ކާމިޔާބު ހޯދާފަ ހުރި ގައުމުތަކުން ކުރި ތަޖުރިބާވެސް ބަލަންޖެހޭ ކަމަށެވެ. “ކުޅިވަރު ހިންގުމުގައި ޒުވާން ސިކުނޑިތަކަށް ފުރުސަތުދޭން ޖެހޭ، ފުރުސަތުދީގެން އާ ގޮތްތަކެއް އީޖާދު ކުރެވޭނީ އާގޮތްތަކެއް ހޯދޭނީ، އެހެން ގައުމުތަކުން ހޯދޭ ކާމިޔާބީ އަޅުގަނޑުމެންނަން ނުހޯދެންވީ ސަބަބެއް ނެތް.” ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރުގެ ލޯބި ހުރެގެން އެސޯސިއޭޝަންގަ މަސައްކަތް ކުރާކަމުގަ ވާނަމަ ކުޅިވަރުގެ ކުރިއެރުމަށް އެދޭ ފަދައިން ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ކުޅުންތެރިން ބޭނުންވާ ކަންތައްތަކަކީ ކޮބާތޯ ބަލައި އެކަންކަން ފުރިހަމަ ކުރަން ވެސް ޖެހޭނެ ކަމަށް ޠަލާލް ވިދާޅުވިއެވެ. ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަންޖޭހޭނީ ރާއްޖޭގައި ހެދިފަ ހުރި ގަވާއިދުތަކާއި، ގާނޫނުތަކާ އެއްގޮތްވާ ގޮތުގައި މަތިން މަސައްކަތް ކުރަން ކަމަށް ވެސް ވިދާޅުވިއެވެ. “ކުޅިވަރުގައި އަދި ކިތަންމެ ގާތްބަޔަކު އުޅުނު ކަމުގައި ވިޔަސް، އަދި ކިތަންމެ ގިނަ ދުވަހު ކުޅިވަރުގަ އުޅުނަސް، ނުވަތަ އެސޯސިއޭޝަން ހިންގުމުގައި ޒަމާންތަކެއް ވިޔަސް، މިކަން ރަނގަޅު ކުރާށޭ ބުނަން އެބަޖެހޭ.” ޠަލާލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
