
ޙައްޖުގެ ވޭތުވެދިޔަ އަހަރުތަކުގެތެރެއިން މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރުކަމަށް އިސްލާމީ ކަންތަތައްކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ޒިޔާރަތުން އެންމެ ފާހަގަކުރެވުނީ ޙައްޖު ކޯޕަރޭޝަނުން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާލެއް ފުރިހަމަކަންކަމަށެވެ. އެކަމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ޝުކުރުއަދާކުރައްވައި ވަޒީރު ވިދާޅުވީ، އެތައް ލައްކަ މީހުން ޝަމިލްވާ ހަރަކާތެއްގެތެރޭގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށެވެ.
މިހުރިހާކަމަކާއެކުވެސް ވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގެތެރެއިން މިއަހަރަކީ ފުރިހަމަ އިންތިޒާމުތަކެއް ޤާއިމްކޮށްފައިވާ އަހަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވަރަށް ގިނަ ހާޖީންނާއި މި ޒިޔާރަތުގައި ބައްދަލުވެ ދެކެވުނު ވާހަކަތަކުން އެނގިވަޑައިގަތީ ރަނގަޅު ޚިދުމަތްތަކެއް ދެވޭކަންކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަންވެސް ބައެއް ޙާޖީން ހިއްސާކުރިކަމަށާއި، ކޮންމެ މިފަދަ ބޮޑުކަމެއްގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ކޮންޓްރޯލްގެތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން. އެނގިވަޑައިގަންނަވާނެފަދައިން ޙައްޖުގެ މިފަދަ ކަންކަމަކީ ސަޢުދި ޢަރަބިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެދަށުން ފުރިހަމަވެގެން ދާކަމެއް ހަގަގީގަތުގައި މިކަމަކީ. އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވިޔަސް ނުވާނެ ކަންކަން އެހެންވީމަ ހުންނާނެ. އެހެންނަމަވެސް މިއަހަރަކީ އިންތިޒާމުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ އަހަރެއް.” އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަކުގެތެރެއިން ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއްވެސް ޙައްޖާޖީއެއް ނުގެއްލި، ޙައްޖުގެ އަޅުކަން އަދާކުރެވުންކަމަށް ވިދާޅުވިއެވެ. “ކޮންމެ އަހަރަކުވެސް ދިމާވާ މައްސަލައެއް އެއީ އަރަފާތުން ނިކުމެ މުޒަދަލިފާއަށް ގޮސް، މުޒްދަލިފާއިން ނިކުމެ ބޮޑު ޖަމްރާއަށް ހިލައުކާފައި މިނާއަށް އައުން އެއީ ހައްޖުގެ އެންމެ ދަތިވަގުތު. އެއީ ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ގެއްލުމާއި މަގފު އޮޅުންފަދަ ކަންކަން ދިމާވާކަމެއް. ނަމަވެސް މިއަހަރު އެފަދަ ކަމެއް ނުހިނގާ ހުރިހާ ހާޖީން ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެެއް” ވަޒީރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިއަހަރު ވަނީ ޙައްޖާޖީންނަށް ލުއިފަސޭހަ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. ޚާއްޞަކޮށް މައްކާރޫޓު އިނީޝިއޭޓިވްއާއި، ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ކެޓަގަރީ މަތިކުރުން ފާހަގަކޮށްލެވެ. މިނާގައި ދިވެހި ޙައްޖާޖީން ތިބި ފޭލިގެއަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަޢުދި ޢަރަބިއްޔާއަށް ވަޑައިގެން އުޅުއްވާ އެހެން ވަޒީރުންވެސް ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާލީ ވަޒީރު މޫސާ ޒަމީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
