
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ސަރުކާރުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޯގަސްޓް މަހު ފަހުކޮޅު ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން މިހެން ވިދާޅުވީ ދަތުރުފަތުރާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއެއްގައެވެ. ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިއީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފްކުރާ ޚިދުމަތެކެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައަޅާ، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު 10 ގައި ފަށާނެ ކަމަށެވެ. “ފުލް އީވީ ސެޓަޕެއްވީމަ، މީގަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސަޕްލަޔަރުންވެސް ކަނޑައެޅިފައި ހުރީ. އެ ބޭފުޅުންނާއިއެކު އެގްރިމެންޓްވެސް ހައްދަވާފައި ހުރީ. މިހާރު ޕްރޮޑަކްޝަން ލައިނަށް ބަލާއިރު، މިމަހުގެ 10 ގައި ޕްރޮޑަކްޝަން ފެށޭނެ. އިރާދަކުރެއްވިއްޔާ އޮން ލައިން މިއޮތީ.” ވަޒީރު އަމީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ޚިދުމަތް ޖުލައި މަހު ކުރީކޮޅުގައި ފެށުމަށް މީގެ ކުރިން ސަރުކާރުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާތީ ޓައިމްލައިނަށް ބަދަލު އައިސްފައިވާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
“މީގައި ޤަބޫލްކުރައްވަން ޖެހޭ އެއް ހަޤީޤަތަކީ މިއީ އަޅުގަނޑުމެން ފިހާރައަކަށް ވަދެ ގަންނަން ލިބޭ ކަހަލަ އެއްޗެއް ނޫންކަން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ، އަޅުގަނޑުމެން ބޭނުންވާ ލިވަރީގައި، އަޅުގަނޑުމެން ބޭނުންވާ ހުރީ އިކުއިޕްމެންޓްސްތައް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނައިރު. މި ޓައިމްލަނަށް ބައެއް ބަދަލުތައް އަންނާނެ. އިރާދަކުރައްވިއްޔާ އޮގަސްޓުގެ ފަހުކޮޅަށްވުރެ ލަހެއް ނުވާނެ މި ޓެކްސީ ލައިން ފެށުމަށް. އަޅުގަނޑުމެން އުއްމީދަކީ އޯގަސްޓް ފަހުކޮޅު ރައްޔިތުންނަށް ޚިދުމަތް ލިބިގެން ދިއުން.” ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފްކުރިނަމަވެސް މިކަމުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންނަށް ދައިމީ ވަޒީފާތަކެއް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތަށް ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގައި އޮންނަ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގަ ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށް ދާއިމީ ވަޒީފާގައި ޑްރައިވަރުން ނަގާއިރު ޕާޓް ޓައިމްކޮށް ދުއްވަން ވެސް ޑްރައިވަރުން ނަގާނެއެވެ. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
