
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ވޭދަނައެއް (ކޭސް) ރާއްޖޭން ފެނުމާއި ގުޅިގެން އެމީހާއާއި ގާތުން އެއްތާވި މީހުން ނުވަތަ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ފަށައިފިއެވެ. ރާއްޖޭން މި ބަލި ޖެހިފައިވާ މީހަކު ފެނިފައިވާކަން އެޗްޕީއޭއިން އިއުލާނު ކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ނަމަވެސް ބަލި ޖެހިފައިވާ މީހާއަކީ ރާއްޖޭގައި އުޅޭ މީހެއް ކަމެއް، ބޭރުން ރާއްޖެ އައިސް އުޅުނު މީހެއް ކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މެނިންޖައިޓިސް އަކީ ސިކުނޑީގެ ބޭރުގައިވާ ފަށަލަތައްދުޅަވާ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަކީ ވައިރަސް އަކުން ނުވަތަ ބެކްޓީރިއާއަކުން ނުަވަތަ ޕެރެސައިޓް އަކުން ޖެހޭ ބައްޔެކެވެ. އާންމުކޮށް މި ބަލީގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި, ބޮލުގައި ރިހުމާއ, މޭ ނުބައި ކުރުމާއި ހޮޑު ލެވުމާއި, އަލިވުމުން އުނދަގޫވުން ހިމެނެއެވެ . އަދި އޭގެ އިތުރުން ގިނަ މީހުންގެ ސިކުނޑީގެ ހާލަތަށް އެކި މިންވަރަށް އަސަރުކުރެއެވެ. އެގޮތުން ބައެއް މީހުން ވަރުބަލިވާއިރު, ބަލީގައި ބޮޑުވަރުވާ މީހުންނަށް ފިޓް ޖެހުމާއި, ކޯމާއަށް ދިއުމާއި, މަރުވުމުގެ ފުރުސަތުވެސް އޮވެއެވެ.
ކުޑަކުދިންނަށް މި ބަލި ޖެހިއްޖެނަމަ ފެންނަ އަލާމާތްތައް މަދުވެފައި ފާހަގަ ކުރަން އުނދަގޫ ވެދާނެއެވެ. ކުޑަކުދިންގެ ފަރާތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަ ހުންއައުމާއި، މާ ގިނައިން ރުއިމާއި، ކެއުމާއި ބުއިމަށް ދެކޮޅު ހެދުމާއި، ހޮޑުލުމާއި، ނިދުމުގެ އާދަތަކަށް ބަދަލު އައުމާއި، ފިޓް ޖެހުން ހިމެނެއެވެ. މި ބަލި ބައެއްފަހަރު ސިކުނޑީގެ އެތެރެއަށާއި ލެއަށްވެސް ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި އޭގެ އިތުރުން މި ބަލި ޖެހެނީ މެނިންގޯކޮއްކަސް ކިޔާ ބެކްޓީރިއާ އަކުންނަމަ ގައިގައި ރޭޝް އެއްވެސް ނަގައެވެ. މެނިންގޯކޮއްކަސް އިން ޖެހޭ މެނިންޖައިޓިސް އަކީ ފަސޭހައިން މުޖުތަމައަށް ފެތުރުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމުން ގާތުން އެއްތާވި މީހުންނަށް ވެސް ރައްކާތެރިވުމުގެ ގޮތުން ބޭސް ދޭން ޖެހެއެވެ. މި ބަލި ފެތުރެނީ ކުޅުގެ ޒަރީއާ އިންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
