
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމުކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ “ވޯލްޑް ފުޑް ސޭފްޓީ ޑޭ” ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އަސަރުކުރާ ކޮންމެ ދުވަހެއްގެވެސް ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއްކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި މިއީ އާންމު ޞިއްޙަތާއި، އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ “ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން” މިއެވެ. މި ޝިއާރަށް އިޝާރާތްކުރައްވާ ރައީސް ޑރ. މުޢިއްޒު ވަނީ މި ޝިޢާރުގެ ދަށުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިސާރާތަކާއި، އެވިޑެންސް ބޭސްޓް މެތަޑްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޅުގަނޑުމެން ކައި އުޅޭ ކާނާއަކީ ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރުކުރެވޭ ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށެވެ.
On #WorldFoodSafetyDay, it is important to remember that food safety is a daily concern that affects every single one of us. It is the bedrock of public health and economic resilience. This year’s theme, “Food safety: science in action,” highlights the importance of scientific… pic.twitter.com/8BskBnPZAE
— Dr Mohamed Muizzu (@MMuizzu) June 7, 2025
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ނުރައްކާތެރި ކާނާގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.6 މިލިޔަން މީހުން ބަލިވެއެވެ. އަދި ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކާއި ނުރައްކާތެރި ކާނާ ބޭނުންކުރުމުން 200 އަށްވުރެ ގިނަ ބާވަތުގެ ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނައިރު މީގެ ތެރޭގައި ބޭރަށް ހިންގުމުން ފެށިގެންގޮސް ކެންސަރުގެ އެކި ވައްތަރުތައްވެސް ހިމެނެއެވެ.
ހަމައެހެންމެ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 110 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދީ ބުރައެއް ކުޑަ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުން އުފުލަންޖެހޭކަމަށްވެސް ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
