
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މިކަމުގެ ގިނަ ތައްޔާރީތަކެއް މިހާރު ކުރަމުންދާކަމަށެވެ. ޕީއެސްއެމް ނިިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށްޓަކައި ގިނަ ތައްޔާރީތަކެއްވަމުންދާކަމަށެވެ. އެގޮތުން، އެކަމާ ގުޅޭ ޢިލްމުތައް ރާއްޖެއަށް ގެނައުމާއި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް މިހާރުކުރަމުންދާކަން ވަޒީރު ފާހަަގަކުރެއްވިއެވެ.
“ދުވަސްވީ މީހުންގެ މަޢުލޫމާތު އެއްކުރުން ނުވަތަ ހަނދާންތައް އެއްކުރުމޭ މި ބުނާ ބަހުގެ މާނައަކީ ހަމަ ވަކި ގޮތަކަށް ވަކި ޢިލްމީ ހަމަތަކެއްގެ މަތީން ވަކި ކަހަލަ ހަނދާންތަކެއް ވަކި ގޮތަކަށް ތަރުތީބުކުރެވިގެން ސުވާލުތައް ކުރެވިގެން އެކި ދުވަސްމަތީން ބައްދަލުކުރެވިގެން ނެނގޭ މަޢުލޫމާތުތަކެއް. އެގޮތުން ބަލަމާ ހިނގާ ރާއްޖޭގެ 50، 60 އަހަރުގެ މީހުންގެ މުޅި ރާއްޖެއިން ކޮންމެ ރަށަކުން 10 ވަރަކަށް މީހުން ނެގުނަސް އަޅުގަނޑުމެންނަށް ވަކި ދުވަސްވަރެއްގައި ރާއްޖެ އޮތް ގޮތާއި ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގޭނެ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޢަަމަލީ މަސައްކަތް ނިމުމާއެކު އެކި ކަންކަމުގައި ކާބަފައިން ގެންގުޅުނު ހަމަތަކާއި އުސޫލުތަކާއި ކާބަފައިންގެ ހަރުދަނާ ސިފަތައް ދެނެގަނެވޭނެކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމުން މުސްތަޤްބަލަށްޓަކައި ކުރެވޭނެ ކަންތައްތައްވެސް ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިއަހަރުތެރޭ ޔުނިފޯމް ފްރޭމް ވޯކްސްތައް އުފެއްދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހީންގެ އެއްޗެއް ދިވެހީންގެ އެއްޗެއްކަން ކަނޑައެޅޭ ގޮތްތަކެއް ހޯދާ ބަލާ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ރާއްޖޭ އެކި މަޢުލޫމާތުތައް ރެކޯޑްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތަކީ، ދިވެހީންގެ ހުނަރުތަކާއި ދިވެހީންގެ ސިފަތަކާއި އޭގެ ރީތި މޮޅު ގޮތްތައް، ދެނަގަތުމަށްޓަކައި ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއްކަމަށެވެ. އެހެންކަމުން މިއަހަރުތެރޭ މި މަސައްކަތްތަކުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިގެން މުޅި ރާއްޖެއަށް ހިންގުމަށް ތައްޔާރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
