
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފެލިވަރު އަދި ތިނަދޫ ކޯލްޑް ސްޓޯރޭޖް ނިންމައި މިއަހަރު ބޭނުންކުރުމަށް މަސައްކަތްކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތައް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯލްޑް ސްޓޯރޭޖްގެ ދަތިކަންކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމަށް ހައްލު ގެނައުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރެވިއްޖެނަމަ މަސް ބޭނޭވަރަކަށް މި ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެކަމަށެވެ. މިހާރު މަސް ބޭރުކުރަނީ ގަންނަ ކުންފުނިތަކުން ބޭނުންވުމުން ނޫންކަމަށާއި އޭގެ ސަބަބުން މަހަށް ހަމަ އަގު ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކޯލްޑް ސްޓޯރޭޖްތައް އެޅުމުން މަހަށް ރަނގަޅު އަގެއް ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރެވި މަސް ހިފަހައްޓާލެވޭކަމަށްވާނަމަ ރަނގަޅު އަގެއް ލިބޭނެކަމަށެވެ. ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. “ތިނަދޫގައި ޤާއިމްކުރާ ފެސިލިޓީ ނިންމުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވޭ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރާ ގުޅިގެންވެސް އޭގެ ސްޕީޑް ބާރުކުރުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރިން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްވެސް އަޅުގަނޑުމެންނަށް އޮޕަރޭޝަނަށް ގެނެވޭނެ. އަދި ހަމަ އެއާއިއެކު ތިނަދޫގެ ކޯލްޑް ސްޜޯރޭޖްވެސް އަޅުގަނޑުމެން އޮޕަރޭޝަންއަށް ގެންނަން ބޭނުން. އަދި އެމަގުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މ. އަތޮޅު މުލަކުގައި ކޯލްޑް ސްޓޯރޭޖް އެޅުމަށް މިހާރު ސައުދީ ކުންފުންޏަކަށް އެވޯޑް ކުރެވިފައިވާކަމަށެވެ. އެއީ ސައުދީ ފަންޑުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. މަސައްކަތް ފެށި ގިނަ ދުވަސްތަކެއް ނުވެ މުލަކުގެ ކޯލްޑް ސްޓޯރޭޖްވެސް ބޭނުންކުރެވިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
