
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން ބޮލާލާޖަަހައި، ލުބްނާނަށް ޙަމަލާ ދެމުންދާނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ޙިޒްބުاللهން ހަތިޔާރު ބަހައްޓަން އިންކާރު ކުރަމުންދާ ނަމަ، ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި، އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރުން މެދުކަނޑައި ނުލާނެ ކަމުގައެވެ. 2024ވަނަ އަހަރު ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލާފައި އޮތް ނަމަވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، ގެދޮރަށް ބޮން އަޅައި، ޢާންމުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންނާއި އުމުރޫން ޝަހީދު ކުރަމުންނެވެ.
ޔަހޫދީން ބުނީ، ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަކީ އެއްބަސްވުމުގެ މައިގަނޑު ޝަރިޠެއް ކަމުގައި ޔަހޫދީން ދަނީ ބުނަމުންނެވެ. ނަމަވެސް، އެއްބަސްވުމުގައި ކަންކަން ޙިޒްބުاللهން ފުރިހަމަ ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މި ގޮތުން، އިސްރާއީލާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގުމާއި، ހަތިޔާރު އެޅި މުޖާހިދުން ހަރަކާތްތެރިވަމުން ނުދާ ކަމުގައި ޙިޒްބުاللهން ބުންޏެވެ. މުސްލިމުންގެ ބަރަކާތްތެރި އަޟްޙާ ޢީދާ ދިމާކޮށް ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިތުރުން ދެކުނުގެ ސަރަޙައްދަކަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެއީ، ޑްރޯން އުފައްދާ މަރުކަޒުތަކަކަށް ދިން ޙަމަލާތަކެއް ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމުގައެވެ. މި ގޮތުން، އެންމެ ފަހުގެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ނުވަ އިމާރާތަކަށް ޙަމަލާދީ، 80އެއްހާ ފުލެޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ލުބްނާންގެ ދައުލަތުގެ މީޑިޔާ، ނޭޝަނަލް ނޫސް އޭޖެންސީން ބުނީ، ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ބައިރޫތުގައި ޢާންމުން ދިރިއުޅޭ ގެދޮރަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. އަދި، ޙިޒްބުاللهން ވަނީ، ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ އިމާރާތްތަކުގައި އެއްވެސް އަސްކަރީ ހަރަކާތެއް ހިންގާފައި ނުވާނެ ކަމަށް ބުނެ، އެ އިމާރާތްތަކުގައި ޑްރޯން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާގެ ސަރުކާރުގެ އިތުރުން ޢަރަބި ޤައުމުތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނީ، ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ކޮންމެ ދުވަހަކު ވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައެވެ.
ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ ބޭނުމަކަށްވީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. އަދި، އަމާޒަކަށްވީ، ޔަހޫދީ ފައު ޖުގެ ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ބަދަލު ކުރި ޙަމަލާތަކުގެ ތެރެއިން ލުބްނާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ 4,000އެއްހާ މީހުން ޝަހީދު ކޮށްލައި، އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. 2024 ނޮވެންބަރުގައި ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އިތުރު 190 މީހުން ޝަހީދު ކޮށްލައި، 500އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ސަރުކާރުން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
