
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަދި މަދަދުގާރުގެ ގޮތުގައި ބެލެވުނު ޓެސްލާ ކުންފުނީގެ ވެރިޔާ އީލޯން މަސްކާ ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ، މަސްކުގެ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އަގުބޮޑެތި އެއްބަސްވުންތައް އުވައިލައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ. ޓެސްލާއަކީ އިލެކްޓްރިކް އެއްގަމު އުޅަނދު އުފައްދާ ކުންފުންޏެވެ. ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ކެމްޕޭނަށް އެތަކެއް ސަތޭކަ މިލިޔަން ޑޮލަރެއް ޚަރަދު ކުރައްވާފައިވާ މަސްކާއި ޓްރަމްޕާ ދެމެދު ނުތަވަނަވަސް ކަން އުފެދިފައި ވަނީ، ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ޓެކުސްތައް ދައްކުރުމާއި ޚަރަދުތަކާ ބެހޭ ބެހޭ އައު ބިލެއްގެ ދަށުން އޭނާގެ ކުންފުނިތަކަށް ލުއިތަކެއް ދޭން ނިންމާފައި ނުވާ ކަން ހާމަވުމާ ގުޅިގެންނެވެ.
ރިޔާސީ މަތިންދާބޯޓު ކޮޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޓެސްލާ ކުންފުނީގެ ސީއީއޯއާ މެދު އޭނާ ނުވިސްނަވާ ކަމަށާއި، ޓެސްލާ ކުންފުންޏަށް ބާއްޖަވެރި ކުރިމަގަކަށް އެދިވަޑައިގަންނަވާ ކަމުގައެވެ. ނަމަވެސް، އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ކޮންޓުރެކްޓުތައް މުރާޖާ ކުރައްވަން ނިންމަވާފައިވާ ކަން ޓްރަމްޕް ހާމަ ކުރެއްވިއެވެ. “އަޅުގަނޑުމެން އެ ހުރިހާ އެއްޗެއް [އެއްބަސްވުންތައް] ރަނގަޅަށް ބަލާނަން. އެއީ، ވަރަށް ބައިވަރު ފައިސާ،” އޭނާ ވިދާޅުވިއެވެ. އުވައިލައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އެމެރިކާ ސަރުކާރުން މަސްކްގެ ޖައްވީ ކުންފުނި، ސްޕޭސްއެކްސަށް ދީފައިވާ ކޮންޓުރެކްޓުތަކާއި، އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭ، ސްޓާލިންކް ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުންތައް ހިމެނެއެވެ.
ނަން ހާމަކޮށްފައި ނުވާ ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ، ޓްރަމްޕް ބައްލަވައި ގަންނަވާފައިވާ ޓެސްލާ މަރުކާގެ ކާރު، އަނބުރާ ރައްދު ކުރެއްވުމާ މެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމުގައެވެ. ޓްރަމްޕްގެ ސަރުކާރާ ފެޔަށް ޖެހިވަޑައިގެންނެވުމަށް ފަހު މަސްކް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. އޭނާ އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން “ބިޔަ، ނަލަ ބިލުގެ” ނަމުގައި ހުށަހަޅާފައިވާ ޓެކުސްތައް ދަށްކުރުމާއި ޚަރަދު ކުރުމާ ބެހޭ ބިލާ މެދުއެވެ. އެނާގެ ސޯޝަލް މީޑިޔާ މަންސަ، އެކްސްގައި ޕޯސްޓު ކުރައްވަމުން މަސްކް ވިދާޅުވީ އެ ބިލުގެ ސަބަބުން ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. އަދި، 36.2 ޓްރިލިޔަން އެމެރިކާ ޑޮލަރުގައި ހުރި އެމެރިކާގެ ބޭރުގެ ދަރަނި އިތުރަށް ބޮޑުވެގެންދާނެ ކަމުގައެވެ. އެމެރިކާގެ މެދުފަންތީގެ ޢާމްދަނީ ލިބޭ ރައްޔިތުންގެ %80 މީހުން ތަމްސީލު ކުުރުމަށް އައު ސިޔާސީ ޕާޓީއެއް އުފައްދަން ޖެހޭ ކަމުގައި ވެސް އޭނާ ބުންޏެވެ.
މަސްކަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ. 2024ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ކެމްޕޭނަށް އެންމެ ބޮޑަށް ޚަރަދު ކުރައްވާފައިވާ އެއް ބޭފުޅަކީ ވެސް އޭނާއެވެ. މި ގޮތުން، ޓްރަމްޕްގެ ކެމްޕޭނަށް އޭނާ ގާތްގަނޑަކަށް 300 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ ކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ޓްރަމްޕް ވަނީ މަސްކަށް ސަރުކާރުގެ އިސް މަޤާމެއް ދެއްވާފައެވެ. މި ގޮތުން، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް)ގެ ނަމުގައި އިދާރާއެއް އުފައްދަވައި، ޓްރަމްޕް ވަނީ އެ އިދާރާ ހިންގުން މަސްކާ ޙަވާލު ކުރައްވާފައެވެ. އެ އިދާރާގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމެވެ. އަދި، މައި ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދު ކުރުމެވެ.
ނަމަވެސް، ހުސްވި ހަފުތާގައި މަސްކް ވަނީ އެ އިދާރާއާ ވެސް ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. ޑޯގް މެދުވެރިކޮށް ސަރުކާރުގެ ޚަރަދުތަކުން 2 ބިލިޔަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެއްވުމަށް މަސްކް ވަޢުދުވެ ވަޑައިގަންނަވާފައިވީ ނަަމަވަސް، ޑޯގުން އޭނާ ވަކިވެ ވަޑައިގެންނެވިއިރު ހާސިލު ކުރެވިފައި ވަނީ އޭގެ އެންމެ %1 އިންސައްތައެވެ. ނަމަވެސް، މަސްކްގެ އަމުރަށް މައި ސަރުކާރުގައި މަސައްކަތް ކުރާ އެތަކެއް ހާސް ބަޔަކު ވަޒީފާއިން ވަކި ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރާ މެދު އޮތް ނުރުހުން ވަނީ އިތުރުވެފައެވެ.
މަސްކް ސިފަ ކުރެއްވި ގޮތުގައި ރިޕަބްލިކަން ޕާޓީން ހުށަހަޅާފައިވާ ބިލަކީ ވަރަށް “މުޑުދާރު” ބިލެކެވެ. އެ ބިލާ މަސްކް ދެކޮޅު ހެއްދެވުމާ އެކު، ކޮންގްރެސްގައި އެ ބިލު ފާސް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސުން އެ ބިލު ފާސް ކޮށްފައި ވަނީ ހުސްވި މަހުއެވެ. ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރާ މެންބަރުން ބުނީ، އެ ބިލަށް އިސްލާޙުތަކެއް ހުށަހަޅާނެ ކަމުގައެވެ. އިޤުތިޞާދީ ދާއިރާގެ މާހިރުން ބުނީ، އެ ބިލު ފާސްވެއްޖެ ނަމަ، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ބޭރުގެ ދަރަންޏަށް 2.4 ޓްރިލިޔަން ޑޮލަރު އިތުރުވެގެންދާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
