
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު 2026ވަނަ އަހަރުގެ އޭޕްރިލް މަހަށް ތާވަލު ކޮށްފައިވާ ކަން ހާމަކޮށްފިއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ އެ ޤައުމުގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސެވެ. ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ 2024ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުން ފެށި ބިޔަ މުޒާހަރާތަކާ ގުޅިގެންނެވެ. ނޮބެލް އިނާމު ހާސިލު ކުރައްވާ ޔޫނުސްގެ ބެއްލެވުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ޙަސީނާގެ ދެކޮޅަށް އެ ޤައުމުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެން އިސްތިޢުފާ ދެއްވުމަށް ފަހު ޙަސީނާ ވަނީ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގަންނަވާފައެވެ. އޭނާ އަދިވެސް ހުންނެނީ އިންޑިޔާގައި ކަމަށް ބެލެވެއެވެ.
ޔޫނުސްގެ ސަރުކާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ބަންގްލަދޭޝްގައި ސުލްޙަމަސަލަސް ކަން ޤާއިމުކޮށް، ޢާންމު އިންތިޚާބެއް ބޭއްވުމަށް މަގު ކޮށައިދިނުމެވެ. ނަމަވެސް، އޭނާގެ ސަރުކާރަށް ވެސް ފަހަކަށް އައިސް ވަނީ ޢާންމުންގެ ފަރާތުން ފިއްތުންތައް ކުރިމަތިވެފައެވެ. ޔޫނުސްގެ ސަރުކާރާ މެެދު އޮތް އެއް ހިތްހަމަނުޖެހުމަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ދިޔުމެވެ. އަދި، މުވައްޒަަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތަކެވެ. އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުސްވި ހަފުތާގައި ގިނަ އަދަދެއްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވެއެވެ.
“މިިހާރު ކުރަމުންދާ އިޞްލާޙީ މަސައްކަތްތައް މުރާޖާ ކުރުމަށް ފަހު، ދެން ބާއްވާ ޢާންމު އިންތިޚާބު 2026ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަން އަޅުގަނޑު އެންމެންނަށް އަންގައި އިޢުލާނު ކުރަން،” ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫނުސް ވިދާޅުވިއެވެ. އިންތިޚާބު ބާއްވާނެ ވަކި ތާރީޚަކާއި، އެ ކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ރަސްމީކޮށް އިޢުލާނު ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން ނުގެންގުޅުއްވާ ކަން ވެސް ޔޫނުސް ހާމަކުރެއްވިއެވެ. ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު އަވަސް ކުރުމަށް ބާރު އަޅަމުންދާ ޕާޓީތަކުގެ ތެރޭގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) ހިމެނެއެވެ. މި އަހަރުގެ ޑިސެންބަރު މަހުގެ ކުރިން އިންތިޚާބެއް ނުބާއްވައިފި ނަމަ، ބަންގްލަދޭޝްގެ ޢާންމު މަސްރަޙު ހޫނުވާނެ ކަމަށް ބުނެ، އެ ޕާޓީން ދަނީ އިންޒާރު ކުރަމުންނެވެ. އަދި، ސުލްޙަމަސަލަސް ކަން ގެއްލި، ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް އެ ޕާޓީން ދަނީ ބުނަމުންނެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުންގެ ތެރޭގައި ބީއެންޕީގެ ވެރިޔާ އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭގަމް ޚާލިދާ ޒިޔާ ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް، ކުރީގެ ބޮޑުވަޒީރު ޙަސީނާގެ އަވާމީ ލީގަށް އިންތިޚާބުގައި ވާދަ ކުރުމުގެ އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ، އިންތިޚާބުތަކާ ބެހޭ އިދާރާއިން އެ ޕާޓީ ސަސްޕެންޑު ކޮށްފައި އޮތުމެވެ. އެ ޕާޓީ ސަސްޕެންޑު ކޮށްފައި ވަނީ ނިރުބަވެރިކަން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
