
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް, ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުން އޮސްޓްރޭލިއާގެ އޭންޖް ޕޮސްޓެކޯގްލޫ ވަކިކޮށްފި އެވެ. އުމުރުން 59 އަހަރުގެ ޕޮސްޓެކޯގްލޫ މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ ނިމިގެންދިޔަ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދަދީފަ އެވެ. ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓްނަމް ޗެމްޕިއަންކަން ހޯދިއިރު މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ޓޮޓްނަމް އިން ހޯދި ނަމަވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް ވަނީ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ލީގު ނިންމާލާފައިވަނީ 17 ވަނައިގައި އޮވެގެންނެވެ.
މީގެ ދެ އަހަރު ކުރިން ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ހަވާލުވި ޕޮސްޓެކޮގްލޫ އަބަދުވެސް ބުނަމުން އައިސްފައިވަނީ އޭނާ އަކީ ދެވަނަ ސީޒަނުގައި ތަށި ހޯދާ ކޯޗެއް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ރަގަޅު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ. ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު 38 މެޗުގެ ތެރެއިން އެ ޓީމު ވަނީ 22 މެޗުން ބަލިވެފަ އެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހު ޓޮޓްނަމް އާއި ޕޮސްޓެކޮގްލޫ ހަވާލުވި ފުރަތަމަ ދުވަހު އެ ޓީމުގެ ފޯވަޑް ހެރީ ކޭން ވަނީ 120 މިލިއަން ޔޫރޯގެ ފީއަކަށް ޖަރުމަނުގެ ބަޔާން މިއުނިކް އާއި ގުޅިފަ އެވެ. އަދި އޭގެ ފަހުން އޭނާއަށް ގިނަ ކަންތައްތަކަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ނިމިގެންދިޔަ ސީޒަނުގައި އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ޔޫރޮޕާ ލީގަކީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީ ކަމަށާއި ނަމަވެސް އެކަމަށް އެކަނި ވިސްނައިގެން ކްލަބުގެ މުސްތަގުބަލް ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 66 މެޗުން އެ ޓީމަށް ލިބިފައިވަނީ 78 ޕޮއިންޓް ކަމަށާއި މިއީ އެ ކްލަބުން އެންމެ އެދޭ ނަތީޖާތަކެއް ނޫން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
