
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢަރަފާތު ދުވަހުގެ އަޅުކަމުގައި އަވަދިނެތި އުޅޭއިރު ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ދުއާކުރުން ހަނދާން ނައްތާލައިގެންނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޢަރަފާތް ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އަދި އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއްކަމަށެވެ.
“އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ.” ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ)
މިއަހަރުގެ ޢަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. “ވަކިން ޚާއްޞަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމާއި، މި ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އަރަފާތް ދުވަސް ބައްދަލުކުރާއިރުގަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.” ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢަރަފާތް ދުވަހުގެ މަތިވެރި އަޅުކަމުގައި ހޭދަކުރާ ވަގުތުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން އެހެނިހެން އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށްވެސް ހެޔޮ ދުޢާކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ހަމައެއާއެކު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޓީމުތަކުން މަސައްކަތްކުރަމުންދަނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެފަރާތްތަކުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
