
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ ރޯޔަލް ކޮމިޝަން ފޮރ މައްކާ ސިޓީން ތަރައްޤީގެ ވަރުގަދަ މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްރޫޢުތައް މަސްދިދުލް ޙަރާމް ހިމެނޭ މައްކާގެ މައި ސަރަޙައްދުގައި ކުރިއަށް ގެންގޮސްފައި ވަނީ ޙަައްޖުވެެއިން ހިނގާބިނގާވެ އުޅުމަށް ފަަސޭހަ ކޮށްދީ، ޙައްޖުގެ ތަޖުރިބާއަކީ ފަސޭހަ އަދި ހިތްހަމަޖެހޭފަދަ ތަޖުރިބާއަކަށް ހެދުމުގެ މަޤްސަދުގައެވެ. ސަޢުދީ ޢަރަބިއްޔާއިން ވަނީ މި އަހަރުގެ ޙައްޖު މޫސުން ފެށުމުގެ ކުރިއަށް މި މަޝްރޫޢުތައް ނިންމާ ތަޢާރަފު ކޮށްފައެވެ. އެ ގޮތުން މަގުތަކުގައި ތޮށް ޖެހުން ކުޑަކޮށް ފައިމަގުގައި ހިނގާބިނގާވެ އުޅެން ފަސޭހަ ވުމަށް ޚާއްޞަ އަޙައްމިއްޔަތު ކަމެއް ދީގެން އަޅުކަން ކުރާ ސަރަޙައްދުތައް ވަނީ ބޮޑުކޮށް ފުޅާ ކޮށްފައެވެ.ދީނީ ޝިޔާރެެއްގެ ދަށުން އެތައް ހާސް ބަޔަކު އެއްފަހަރާ އެއްވާ މި ސަރަޙައްދުގައި ލިބެންޖެހޭ އެންމެހާ ޚިދުމަތްތަކާއި ކުރިމަތިވާ ކޮންމެ ޙާލަތަކަށް ފަސޭހަކަމާއެކު އިޖާބަ ދެވޭނެ އިންތިޒާމެއް ޤާއިމު ކޮށްފައި އޮންނަ އޮތުން ވަނީ އިތުރަށް ހަރުދަނާ ކޮށްފައެވެ.
މި އަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް ގެނެސްފައިވާ ކުރިއެރުންތަކުގެ ތެރޭގައި މަގުތަކުގައި ފައިމަގުގައި ހިނގުމަށް ޚާއްޞަ ކޮށްފައިވާ ސަރަަޙައްދުތައް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި ކަމަށްޓަކައި މަގުތަކާއި ދުވާރުތަކަށް 235،000 އަކަފޫޓު ވަނީ އިތުރު ކޮށްފައެވެ. އެއާއެކު ދަތުރުފަތުރުގެ ނިޒާމުތަކާއި މިސްކިތް ކައިރީގައި ހުންނަ އެހެނިހެން ވަޞީލަތްތަކަށް ފޯރުމަށް ޙައްޖުވެރިންނަށް ފަސޭހަވެގެން ދާނެއެވެ. އޭގެ އިތުރުން ގަދަ އަތްވާއި ހޫނުން ޙައްޖުވެރިން ރައްކާތެރި ކުރުމަށްޓަކައި 30،000 އަކަފޫޓުގެ ސަރަޙައްދެއްގައި ސަތަރި ޖެހުން ހިމެނެއެވެ. ފައިމަގުގައި ދަތުރުކުރާ ޙައްޖުވެރިންނަށް މި ކަމުގެ ސަބަބުން ފަސޭހަ ލިބިގެންދާނެއެވެ. ނަމާދު ވަގުތުތަކާ ދިމާކޮށް މިސްކިތަށް ދާ މީހުންގެ ޢަދަދު އިތުރުވާ އިތުރުވުމަށް ވިސްނައި، ރޯޔަލް ކޮމިޝަން ފޮރ މައްކާ ސިޓީން ވަނީ ނަމާދު ކުރުމަށް މިސްކިތުގެ ހާމަ ސަރަޙައްދުތައް އިތުރު ކޮށްފައެވެ. އެއާއެކު އިތުރު 60،000 މީހުން ޖަމާޢަތުގައި ބައިވެރިވުމަށް ވަނީ ޖާގަ ތަނަވަސްވެފައެވެ. މި ގޮތަށް ޖާގަ އިތުރު ކުރުމުގެ މައިގަނޑު ބޭނުމަކީ މިސްކިތުގެ ހިޔާ ކޮށްފައިވާ ސަރަޙައްދުތަކުގައި ތޮއް ޖެހުން ކުޑަކޮށް، އެ ސަރަޙައްދުތަކަށް ވަނުމަށް ބޭނުން ކުރާ ކޮރިޑޯތަކުގެ ތޮއް ޖެހުން ވެސް ކުޑަކުރުމެވެ.
މި އަހަރުގެ ޙައްޖު ދުވަސްވަރު މައްކާގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވޭއިރު ހޫނު ގަދަވުމުގެ ސަބަބުން ޙައްޖުވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ހޯދައި ދިނުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ޙަރަމްފުޅު ހުންނަ ސަރަޙައްދު ކައިރީގައިވާ ހަ މަގެއްގައި ޚާއްޞަ ފަށަލައެއް ލާފައެވެ. އެ ފަށަލައިން ބިމުގެ ހޫނުމިިން 15 ޑިގުރީވަރު ދަށް ކޮށްދެއެވެ. ޖުމްލަ 50،000 އަކަމީޓަރުގެ ސަރަޙައްދެއް ހިމެނޭހެން އަޖްޔަދު މަގާއި، އިބްރާހިމް އަލް ޚަލީލް މަގާއި ކޮލްކް ޓަވަރު ޕްލާޒާ ސަރަޙައްދުގައި ވެސް މި ފަށަލަ ލާފައިވެއެވެ.
އޭގެ އިތުރުން ޙައްޖުވެރިންނަށް މަގު ނުއޮޅޭނޭހެން މަގުތަކުގައި ތަފާތު ބޯޑުތައް ހަރުކޮށް، މަގު ހޯދޭނެ އެހީތައް ހިމެނޭ ވަރުގަދަ ނިޒާމެއް ވެސް ވަނީ ޤާއިމު ކޮށްފައެވެ. ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ކޮށްފައިވާ ކަރަންޓުން ދުއްވާ ގޮލްފު ކާޓުތައް ދުއްވުމަށް ވެސް މަގުތަކުގައި ޚާއްޞަ ލޭނެއް ޤާއިމު ކޮށްފައިވެއެވެ. ހަމައެއާއެކު މިސްކިތް ސަރަޙައްދުގައި ހުންނަ ފިހާރަތައް ވަނީ ލޮލަށް އަރާމުވާ ފަދަ ގޮތަކަށް ތަރުތީބު ކޮށްފަައެވެ. ޙައްޖާއި އުމްރާގެ އަޅުކަމުގައި ބޯބޭލުމަކީ މުހިންމު އަޅުކަމަށް ވާއިރު، އެ ސަރަޙައްދުގައި ބޯކޮށުމުގެ ޚިދުމަތްދޭ ތަންތަން ވެސް ވަނީ އިތުރު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
