
އަރަފާތު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ޙައްޖުގެ އަޅުކަން އަދާ ކުރަމުންދާ ޙައްޖާޖީން އެ ކަމަށް ސަމާލުވުމަށް އެ ޤައުމުގެ އިދާރާތަކުން ގޮވާލައިފިއެވެ. މައްކާގައި ދުވާލުގެ ވަގުތުގެ ހޫނުމިން 45 ޑިގުރީ ސެލްސިއަސްއަށްވުރެ މައްޗަށް އުފުލޭނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ. އެއާއެކު ސަޢުދީ ޢަރަބިއްޔާގެ ޞިއްޙީ ވުޒާރާއިން ވަނީ އެއާކޯނު ހަރުކޮށްފައިވާ ފޭލިގެތަކުގައި ހެނދުނު 10ން ހަވީރު 4 ޖަހަންދެން ޙަައްޖުވެރިން މަޑުކޮށްލުމަށް އިރުޝާދު ދީފައައެވެ. އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ ފުރާނައަށް ނުރައްކާވާ ފަދަ ހީޓް ސްޓްރޯކެއް ޖެހުން އެކަށީގެންވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ފޭލިގޭގައި މަޑުކުރުމަށް އަންގާފައިވާ ވަގުތުގެ ތެރެެއަށް މެންދުރާއި އަޞްރު ނަމާދު ވަގުތު ވަނތް ނަމަވެސް ދެ ނަމާދު ވެސް ފޭލިގެތަކުގައި ކުރުމަށް ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. ގަދަ ހޫނަށް ހުށަހެޅޭ ސަރަޙައްދުތައް ކަމަށްވާ މަސްޖިދުއްނަމިރަ އަދި ޖަބަލް ރަޙްމާއަށް، ހޫނު މިން ދަށަށް ނުދަނީސް ދިޔުން މަނާވާނެ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ. އޭގެ އިތުރުން، މުޒްދަލިފާއަށް ފައިމަގުގައި ދިޔުން ވެސް އެ ވުޒާރާއިން ވަނީ މަނާ ކޮށްފައެވެ. އޭގެ ބަދަލުގައި އެ ކަމަށް ކަނޑައެޅިފައިވާ ބަސް ނުވަތަ ބާރު ސްޕީޑުގައި ދަތުރުކުރާ ޙަރަމައިން ރޭލު ބޭނުން ކުރުމަށް އެ ވުޒާރާއިން ލަފާދެއެވެ. ޞިއްޙީ ވުޒާރާއިން ބުނީ އެ ވުޒާރާއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެެވެ. ގަދަ ހޫނުގައި ކެތްކޮށްލުމަށް ހިޔަލުގައި ތިބުމާއި އެއްތަނުން އަނެއް ތަނަށް ދިޔުން މަދު ކޮށްލުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އިރުޝާދާ އެއްގޮތަށް އަމަލު ނުކުރުމުން ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން މިހާ ހަރުކަށި އިރުޝާދުތަކެއް ދީފައި މި ވަނީ މީގެ ކުރީގެ ޙައްޖު މޫސުންތަކުގައި ގަދަ ހޫނުގެ ސަބަބުން ހިތާމަވެރި ހާދިޘާތައް ހިނގާފައި ވަނިކޮށެވެ. 2024ވަނަ އަހަރުގެ ޙައްޖުގެ ދުވަސްވަރު ހޫނުމިން 46 ޑިގްރީ ސެލްސިއަސްއަށް އިތުރުވެ، 1500 މީހުންނަށް ވަނީ ގަދަ ހޫނުގެ ސަބަބުން ތަފާތު ޙާލަތްތައް ދިމާވެފައެވެ. މޫސުމާބެހޭ ތަޖުރިބާކާރުން ޤަބޫލު ކުރައްވައި ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމުގައި ހޫނުމިން އެހާ މައްޗަށް ދާނެ ކަމަށް ބެލެވިފައި ވަނީ ސަރަޙައްދީ ހޫނުގަދަކަން އިތުރުވަުންދާތީއެވެ. އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ޚާއްޞަ ސަމާލުކަމެއް ދީގެން ރައްކާތެރިކަން ހޯދުމަށާއި ގިނައިން ދިޔާ އެއްޗެެހި ބޭނުން ކޮށް ހޫނުގަދަ ކަން ކުޑަ ކޮށްދޭ އާލާތްތައް ބޭނުން ކުރުމަށް ވެސް ތަޖުރިބާކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިނާއާއި އަރަފާތު ސަރަޙައްދުގައި ފިނި އަދި ތެތް ވައި ދައުރު ކޮށްދޭ 10،000 ފަންކާ ސަޢުދީ ޢަރަބިއްޔާއިން ވަނީ ބަހައްޓައިފައެވެ. ޞިއްޙީ ޓީމުތަކުން ޙައްޖުވެރިންގެ ޙާލު ގާތުން ބަލަމުންދާނެއެވެ. އަދި ގަދަ ހޫނުގެ ސަބަބުން ބަލިވާ މީހުން ދެނެގަނެ ފަރުވާ ދެމުން ދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
