
މައްކާގެ މުޤައްދަސް ސަރަޙައްދުތައް ތަރައްޤީ ކުރުމުގައި ޙަރަކާތްތެރިވާ މައިގަނޑު ކުންފުނި، ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެެެރިންނަށް އަމާޒުކޮށް ދެ ބުރީގެ ފޭލިގެތަކެއް މިނާގައި ތަޢާރަފް ކޮށްފިއެވެ. ޙައްޖުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ފަށާފައިވާ އައު މަސައްކަތްތަކުގެ ދަށުން މުޤައްދަސް ސަރަޙައްދުތަކުގައި ޙައްޖުވެރިން މަޑުކޮށްގެން ތިބޭ ތަންތަނަށް ވަނީ ފާހަގަ ކޮށްލެވޭ ކުރިއެރުންތައް ގެނެސްފައެވެ. އެ ގޮތުން ޙައްޖުވެރިންގެ އަރާމާއި ރައްކާތެރިކަމަށް އިސްކަންދޭ ފެންވަރު ރަނގަޅު ފޭލިގެތަކުގައި އެ މީހުން ބޭތިއްބުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. މި ތަންތަނަކީ ޙައްޖުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ތަންތަނެވެ.
ކިދާނާއިން ބުނީ ދެ ބުރީގެ ފޭލިގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކަމަށެވެ. މި މަޝްރޫޢުގެ 75 އިންސައްތައަށް ޚަރަދު ކޮށްފައި ވަނީ އަލިއްލަ ކުންފުނިތަކުންނެވެ. މި މަޝްރޫޢުގެ ދަށުން 20،000 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކޮށްފައިވެއެވެ. އެ ސަރަޙައްދުގައި 40 އިމާރާތް އަޅާފައިވާ އިރު އެ އިމާރާތްތަކުގައި ޖުމްލަ 550 ފާހާނާ ހިމެނެއެވެ. މި މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ ގާތްގަނޑަކަށް 100 ދުވަހުންނެވެ. ސަޢުދީ ޢަރަބިއްޔާއަށް ނިޞްބަތްވާ ޙައްޖުވެރިންނާއި ޤައުމުން ބޭރުގެ ޙައްޖުވެރިންގެ ތެރެއިން 8،000 ޙައްޖުވެެރިންނަށް ތިބެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ފޭލިގެތަކުގެ ސަބަބުން ޙައްޖުވެެރިންނަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެއެވެ. މި މަޝްރޫއުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ޚިދުމަތްތަައް އިތުރަށް ފުޅާކޮށް، މިނާގެ ބޯހިޔާވަހިކަމުގެ ފެންވަރު ރަނގަޅުކޮށް ޙައްޖުގެ ތަޖުރިބާ ރަނގަޅު ކުރުމަށެވެ.
މިނާގައި ތައްޔާރު ކޮށްފައިވާ ފޭލިގެތައް ފަރުމާ ކޮށްފައި ވަނީ ޒަމާނީ އަދި ދެމެހެއްޓެނިވި ޑިޒައިނަކަށެވެ. އެ އިމާރާތްތައް ފަރުމާ ކުރުމުގައި އެ އެ ސަރަހައްދުގެ ޚާއްޞަ ސިފަތައް ރައްކާތެރިކޮށް، ޚައްޖުވެރިންނަށް ރައްކާތެރި އަދި އަރާމު މާހައުލެއް ކަށަވަރު ކޮށްދިނުމަށް އިސްކަން ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
