
(ފޮޓޯ ކްރެޑިޓްސް: އަލްހަރަމައިން)
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަސް މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް މި އަހަރުގެ ޙައްޖު ޚުޠުބާ ފޯރުކޮށްދިނުމުގެ މަޤުސަދުގައި އެ ޚުޠުބާ 35 ބަހަކަށް ތަރުޖަމާ ކުރާނެ ކަމަށް ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން އިޢުލާނު ކޮށްފިއެވެ. މި އަހަރުގެ އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ މަސްޖިދުލް ޙަރާމުގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ ސާލިޙް ބިން ހުމައިދުއެވެ.
ގިނަ ޢަދަދެއްގެ ބަސްބަހަށް އަރަފާތު ދުވަހު ދޭ ޚުޠުބާ ތަރުޖަމާ ކުރުމުގެ މި މަޝްރޫޢުއަކީ ސަޢުދީ ޢަރަބިއްޔާއިން މިހާތަނަށް ހިންގާ މި ފަދަ އެންމެ ބޮޑު ޙަރަކާތެވެ. މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ އަބްދުލްރަޙްމާން އަލް-ސުދައިސް، އެ މަނިކުފާނުގެ އިދާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ޙަރަކާތް މެދުވެރި ކޮށް ދަރުހުން ދޭ ފިލާވަޅު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުންނަށް ފޯރުކޮށް ދީ އަޑުއެހުންތެރިންގެ އީމާންތެރިކަން އިތުރު ކޮށްދިނުމަކީ މި ޙަރަކާތުގެ މުހިންމު މަޤްސަދެކެވެ. މި ޙަރަކާތުގެ ދަށުން ޚުޠުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެއެވެ. އަދި އިންޓަނެޓު މެދުވެރި ކޮށް ވެސް ތަރުޖަމާއާއެކު ޚުޠުބާ ބަލައިލެވޭނެއެވެ. މީގެ އިތުރުން މީސްމީޑިޔާގެ އެކި މަންސަތަކުގައި މި ޚުޠުބާ ވަގުތުން ޙިއްޞާ ކުރަމުންދާނެއެވެ.
ޙައްޖުގެ ކަންކަމާގުޅޭ ބައްދަލުވުމުގައި ޙައްޖާގުޅޭ އެންމެ ފަހުގެ ތައްޔާރީތައް މުރާޖަޢާކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚުޠުބާ ދުރަށް ދެއްކުމަށް ވަމުންދާ ތައްޔާރީތައް ވަނީ ކަށަވަރު ކޮށްފައެވެ. އެ ބައްދަލުވުމުގައި ޝައިޚް އަލް ސުދައިސް ވަނީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއްގެ ގޮތުގައި ކުރިއެރުވުމުގެ ބޭނުމުގައި ގިނަ ބަސްތަކަކަށް ޚުޠުބާ ތަރުޖަމާ ކުރުމަށް ކުރެވޭ މަސައްކަތަކީ ސަޢުދީ ޢަރަބިއްޔާގެ އިސްނެގުމުގެ މަތިން ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި މަޝްރޫއު ދައްކުވައިދެނީ އެއްބަޔަކު އަނެއްބަޔަކާ އެކު ގުޅިގެން ދިރިއުޅުމަށާއި، ދުނިޔޭގެ ހަމަޖެހުމަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތް ކަމަށެވެ. މި އިސްނެގުމަކީ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކުރާ މާތް الله ގެ މެހެމާނުންގެ ރޫހާނީ ދަތުރު މުއްސަނދިކޮށް، އިސްލާމްދީނަކީ މެދުމިނު ދީނެއް ކަމުގެ މެސެޖު ދުނިޔެއާ ޙިއްޞާ ކުރުމަށް އެ އިދާރާގެ ރިޔާސަތުން ކުރަމުންދާ މަސައްކަތްތަކަށް ބާރުދޭ މުހިންމު އިސްނެގުމެއް ކަމަށް ވެސް ޝައިޚް އަލް-ސުދައިސް ވިދާޅުވިއެވެ.
ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ އިދާރާގެ ރިޔާސަތުން ވަނީ ދަރުހުގެ މެސެޖު ފުޅާކޮށް ފޯރު ކޮށްދިނުމަށް މީސްމީޑިޔާއާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ނިންމާފައެވެ. އެ ގޮތަށް މަސައްކަތް ކުރުމުން ދީނީ މަޢުލޫމާތު ފޯރުކޮށްދީ ދީނީ ޝިޔާރުތައް އާންމުންނަށް ފަހުމްވުން އިތުރު ކޮށްދޭނެ ކަމަށް ރިޔާސަތުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
