
ކުޅިވަރު ގާނޫނުގެ ސަބަބުން ދެން ދިވެހި ކުޅިވަރުން ފެނިގެންދާނީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ރާފިއު ވިދާޅުވީ ކުޅިވަރު ގާނޫނުގައި ހިމެނޭ ގިނަ ކަންކަމަކީ މިހާރު ވެސް މަސައްކަތް ކުރެވިފަ ހުރި ކަންތައްތައްކަމަށެވެ. ހުސްވި އަހަރު ދިގުރާސްތާ ޕްލޭނެއް ގާއިމުކޮށް އެސޯސިއޭޝަންތަކާ ގުޅިގެން މިޕްލޭން އާއި އެއްގޮތަށް ތަފްސީލީ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ. މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު ކަމެއްގެގޮތުގައި މުހިއްމު ކަންކަން ކުރުމަށް ބޭނުންވާ ޓީމުތައް އެކުލަވާލައި، އެޓީމުތަކުގެ އެހީގައި ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު އެއްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރު ގާނޫނާ ވިދިގެން އަދިވެސް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ އެސޯސިއޭޝަންތަކާ މަޝްވަރާ ކުރުމަށްފަހު ކަންކަން ކުރިއަށްގެންދިޔުމަށް ކަމަށެވެ. “މިސާލަކަށް ރީޖަނަލް އެސޯސިއޭޝަންތައް ފޯމު ކުރުމުގަ އާއި ސްޕޯޓްސް ފަންޑް ގާއިމުކުރުމުގަ އާއި މިސާލަކަށް ފަންޑަށް ފައިސާ ހޯދާނެ ގޮތްތަކަކީ ކޮބާތޯ” ވަޒީރު ވިދާޅުވިއެވެ. ރާފިއު ވިދާޅުވީ ކުޅިވަރުތަކަށް ކަނޑައެޅިގެންދާ ބަޖެޓަށް ބަރޯސާ ނުވެ ވަރަށް ގިނަކަންކަން ކުރަންޖެހޭ ކަމަށާއި، ކުޅިވަރު ފަންޑު ގާއިމު ކުރުމަށް ޕްރައިވެޓް ސްކްޓަރގެ އެހީތެރިކަން ހޯދޭނެ ގޮތަކީ ކޮބާތޯ ބައްލަވާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދޭނެ ގޮތްތަކެއްވެސް ބައްލަވާނެ ކަމަށެވެ. “މިހާރު އަޅުގަނޑު ދެކޭގޮތުގައި މިހެން މި ފައިސާ ހެދީމަ، ބޭރުގެ އެކިއެކި ފަރާތްތަކާއި، މިސާލަކަށް ސްޕޯޓްސް އެޕެރަލް ހަދާ މީހުން ވެސް ތިބި، އެމީހުންގެ އެހީތެރިކަން ވެސް މިޔަށް ލިބިގެންދާނެ” ވަޒީރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުގެ ތަރައްގީއަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކުންފުނިތަކުންވެސް އެހީތެރެކަން ފޯރުކޮއްދޭން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިން ވެސް ކުޅިވަރު ފަންޑަށް އެހީތެރިކަން ފޯރުކޮއްދޭން ބޭނުންވާ ކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ކުޅުންތެރިން ބިނާކުރުމަށް ބާރަކަށް ވެގެންދާނެކަމަށެވެ. ކުޅިވަރު ފަންޑުގެ ކަންކަން މިނިވަންކަމާ އެކު ކުރިއަށް ގެންދިޔުމައްޓަކައި ކުޅިވަރު ފަންޑު ބޯޑެއް ހެދިގެންދާނެ ކަމަށާއި ބޯޑުގެ ބެއްލެވުމުގެ ދަށުން އުސޫލުތައް ކަނޑައެޅި ކަންކަން ރޭވިގެން ކުރިއައްދާނެ ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ. ކުޅިވަރު ގާނޫނުގެ ދަށުން ހެދިގެންދާ ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ފަންޑު ހިންގުމަށްޓަކާ ޤައުމީ ކުޅިވަރު ފަންޑުގެ ބޯޑެއް އެކުލަވާލެވޭނެއެވެ. 7 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް މެންބަރުން ޢައްޔަނުކުރައްވާނީ ކުޅިވަރާބެހޭ ވަޒީރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
