
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ޖުމްލަ 28 ޓީމަށް ބައިވެރިވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. ރާއްޖޭގައި ވާދަވެރި ފުޓްބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ފާއިތުވުމުން އަލުން ފުޓްބޯޅައިގެ ފޯރި ގެނައުމަށް ފުޓްބޯޅައަށް ހިދުމަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ 90 ޕްލަސް އިން އިސްނަގައިގެން މިދިޔަ އަހަރު ވަނީ ރަށްރަށަށް ބައިވެރިވެވޭ ގޮތަށް ގޯލްޑް ކަޕްގެ ނަމުގައި މުބާރާތެއް ތައާރަފްކޮށް ގަލޮޅު ދަނޑުގައި އެ މުބާރާތް ބާއްވާފައެވެ. މި އަހަރުގެ ގޯލްޑް ކަޕް މުބާރާތުގައި އަމަލުކުރަން ހަމަޖެހިފައިވާ އައު ފޯމެޓު 90 ޕްލަސްގެ ފޭސްބުކް ޕޭޖުގައި ވަނީ އާންމުކޮށްފައެވެ. އެ ފޯމެޓުގެ ދަށުން މިދިޔަ އަހަރުގެ މުބާރާތުގައި ގަދަ 8 ހޮވުނު ޓީމުތަކަށް މިއަހަރުގެ މުބާރާތުން ވަނީ އޮޓޮމެޓިކުން ޖާގަލިބިފައެވެ.
އެގޮތުން ޖާގަލިބިފައިބަނީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަޕް އައްޑޫ ސިޓީ، ސެމީގައި ވާދަކުރި މާލެ ސިޓީ، ރ، އަލިފުށި، އަދި ގަދަ އަށަކަށް ދިޔަ ފުވައްމުލައް ސިޓީ، ކ. ގުރައިދޫ، ޅ. ނައިފަރު އަދި ކ. މާފުއްޓެވެ. އިންވިޓޭޝަނަލް އުސޫލުން ދެ ޖާގަ ހާއްސަ ކުރަން ނިންމާފައިވާއިރު އެ ފުރުސަތު ދޭނީ މިދިޔަ އަހަރު ވާދަނުކުރާ ސިޓީތަކުގެ ތެރެއިން ކުޅުދުއްފުށި ސީޓީއާއި ތިނަދޫ ސިޓީއަށެވެ. ދެން އޮތް 18 ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލުތަކާއި ގުޅިގެން ކުރިޔަށް ގެންދާ އަތޮޅުތަކުގައި ކޮލިފައިން މެޗުތަކެއް ކުޅުމަށްފަހުއެވެ. ކޮލިފައިން މެޗުތައް ކުޅޭނީ ކޮންމެ އަތޮޅެއްގައިވެސް ކަނޑައަޅާ ވަކި ރަށެއްގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދާނީ ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނޭ ގޮތަށް 7 ގުރޫޕަކަށް ބަހާލައިގެންނެވެ. ގަދަ 16 ގެ މެދުގައި ދެވަނަ ބުރު ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގުރޫޕަކުން އެންމެ މޮޅު ދެ ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. އަދި ކޮންމެ ގުރޫޕަކުން 3 ވަނައަށްދާ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެއެވެ.
މި ފޯމެޓަށް އަމަލުކުރާއިރު މިއަހަރުގެ ގޯލްޑްކަޕްގައި 42 މެޗު ކުޅޭނެއެވެ. މި މުބާރާތް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ ތާރީހަކާއެކު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުގެ ކަލަންޑަރަކަށް ގެންނަ ބަދަލުތައް އިއުލާނުކުރުމުންނެވެ. މިދިޔަ އަހަރު “އަލުން ދަނޑަށް” މި ޝިއާރުގެ ދަށުން ފުޓްބޯޅައިގެ ފޯރި އަލުން ދިރުވާ އާލާކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދިޔަ ގޯލްޑްކަޕް މުބާރާތް ގަލޮޅު ދަނޑުގައި ވަރަށް ފޯރީގައި ކުރިޔަށްގެންދިޔައީ ޖުމްލަ 17 ޓީމަކާއެކުގައެވެ. އެންމެ ފުރަތަމަ މުބާރާތުގައި މާލެއާއި ރަށްރަށުގެ ޓީމުތައް ހިމެނޭ ގޮތަށް ޖުމްލަ 22 ޓީމެއް ބައިވެރިވިނަމަވެސް ފަހުން 5 ޓީމެއް ވަނީ ވަކިވެފައެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ 90 ޕްލަސް ގޯލްޑްކަޕްގެ ގުރޫފް އޭގައި އޮތީ ފުވައްމުލަކު ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އަދި ހއ. ދިއްދޫ އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިނެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ. ނޮވެމްބަރު 20 ން ފެށިގެން ޑިސެމްބަރު 25 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި އައްޑޫ ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ. އޭދަފުއްޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
