
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތަޖުރިބާކާރު އަދި މޮޅު ދެ މިޑްފީލްޑަރުން އަންނަ ސީޒަނުގައި އިޓަލީގެ ލީގުގައި ކުޅެން ތައްޔާރުވާން ފަށައިފި އެވެ. މި ގޮތުން 13 އަހަރަށް ފަހު ރެއާލް މެޑްރިޑުން ވަކިވި ލޫކާ މޮޑްރިޗް ފެނުން ގާތީ އިޓަލީގެ އޭސީ މިލާނުންނެވެ. އެ ކުލަބުން އޭނާ އަށް ދޭން ހުށަހަޅަނީ 3.5 މިލިއަން ޔޫރޯގެ މުސާރައެކެވެ. އެއީ އެއް އަހަރު ދުވަހާއި ދެ ފަރާތުން ބޭނުންވެއްޖެނަމަ ކޮންޓްރެކްޓް 2027 އަށް އިތުރު ކުރެވޭ ގޮތަށެވެ. މޮޑްރިޗް ރެއާލްއިން ވަކިވާން ނިންމީ އޭނާ އުމުރު 40 އަށް އެރުމުން ރެއާލް މެޑްރިޑުން ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވުމުންނެވެ. ނަމަވެސް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މޮޗްރިޗް ކުޅެން ބޭނުންވެ އެވެ. މިހެންވެ ޔޫރަޕުގެ އެންމެ މަތީ ލެވެލްގައި އަދި އެއް އަހަރު ބޯޅަ ކުޅެން އޭނާ ބޭނުންވެ އެވެ.
މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އަކީ އިނގިރޭސި ލީގުން މިދިޔަ 10 އަހަރު ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ސިޓީ ދޫކޮށްލަން ނިންމީ އެ ކުލަބުން އަލުން ބިނާ ކުރުމަށް ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ސިޓީން އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމުންނެވެ. ޑިބްރޭނާ ލައްވައި ކުޅުވަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅު ކުރަމުން ދަނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީ އެވެ. އެ ކުލަބުން އޭނާ އަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާނެ އެވެ. ނަމަވެސް އިނގިރޭސި ގަދަ ޓީމަކުން ފުރުސަތު ލިބިއްޖެނަމަ ޑިބްރޭނާ އިޓަލީ އަށް ނުގޮސް މަޑުކުރުން ގާތީ އިނގިރޭސި ވިލާތުގަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ޝައުގުވެރިވެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
