
އިންޓަމިލާނުން އެ ޓީމުގެ ކޯޗަކަށް ސެސް ފެބްރިގާސް ގެނައުމަށް މަޝްވަރާތައް ފަށައިފި އެވެ. ނަމަވެސް އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ކޯމޯއިން ތިބީ ކޯޗު އިންޓަ އަށް ދޫކޮށްލާ ގޮތަކަށްނޫނެވެ. އެ ކުލަބުގެ ޑިރެކްޓަރ ޕިއޭރޯ އައުސިލިއޯ ވިދާޅުވީ އެ ކުލަބުގެ ދުރު މުސްތަގްބަލްގެ ޕްލޭންގައި ފެބްރިގާސް ހިމެނޭ ކަމަށާއި ކޯޗު ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. މިހެންވެ މިހާރު މިކަމުގައި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ފެބްރިގާސް އަތުގަ އެވެ. އިޓަލީގެ މީޑިއާތަކުން ބުނަނީ ފެބްރިގާސްއާއެކު އެ ކުލަބުން ފަށާ މަޝްވަރާތައް ކާމިޔާބު ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އިންޓަމިލާނުގެ ވެރިންނާއި ސްކައުންނަށް ފެބްރިގާސް ކަމުދިޔައީ ކޯމޯގައި އާދައިގެ ޓީމަކާއެކު އޭނާ ހުސްވި ސީޒަނުގައި ނެރުނު ނަތީޖާތައް ރަނގަޅު ވުމުންނެވެ. މިއާއެކު ޖަރުމަނުގެ ބަޔާ ލެވަކޫސެން އިން ކޯޗަކު ހޯދަން މަސައްކަޔް ކުރި އެ ކުލަބުގެ ރާޑަރަށް ވެސް އޭނާ އެރި އެވެ. ފެބްރިގާސް އަކީ އާސެނަލްގެ ކުރީގެ ކެޕްޓަނެވެ. އޭނާ ވަނީ ބާސެލޯނާ އާއި ޗެލްސީ އަށް ވެސް މޮޅަށް ކުޅެފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
