
ސައޫދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗުކަން އިޓަލީގެ ސިމޯން އިންޒާގީ އަށް ދީފި އެވެ. އޭނާ ފާއިތުވެދިޔަ ފަސް އަހަރު ކޯޗުކޮށްދިނީ އިޓަލީގެ އިންޓަމިލާނަށެވެ. ތިން އަހަރު ތެރޭގައި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު އިންޓަ މިލާން ގެންގޮސްދިން ކޯޗެވެ. އޭނާއާއެކު ސޮއި ކުރީ 2027ގެ ނިޔަލަށެވެ. މިއީ އަހަރަކު 26 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެކެވެ. ސިމޯން އިންޒާގީ އިންޓަމިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ހުސްވި ސީޒަނަށް ފަހު އެވެ. އޭރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތެވެ.
އިންޓަމިލާނުގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް އިންޒާގީ ބުނީ މިއީ ކުލަބާ ވަކިވާންވީ ވަގުތު ކަމަށެވެ. “އަހަރެން ދުވަހަކު ވެސް އިންޓަމިލާން މަތިން ހަނދާން ނުނެތޭނެ. އަދި އަހަރެންނާއެކު އުފާކޮށް، ރޮއި ހެދި އެއްތައް މިލިއަން ސަޕޯޓަރުންނަށް އަބަދުވެސް ޝުކުރުވެރިވާނަން. އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެން މި ކުލަބުން ވަކިވާންވީ ވަގުތު،” އިންޒާގީ ބުންޏެވެ. އޭނާ ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޓަ މިލާނަށް ހަ ތަށި ހޯދައިދީފަ އެވެ. އެއީ އިޓާލިއަން ސުޕަކަޕް ތިން ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ލީގު އެއް ފަހަރު އެވެ. އަދި ތިން އަހަރު ތެރޭގައި ދެ ފަހަރު ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ޓީމު ވަނީ ގެންގޮސްދީފަ އެވެ.
އޭނާގެ ފަހު ސީޒަނަކީ އިންޓަމިލާނުގައި ކާމިޔާބު ސީޒަނެއް ނޫނެވެ. އިޓާލިއަން ލީގު ދިފާއު ނުކުރެވުނީ ލީގު ނިމެން ދަނިކޮށް ހެދުނު ގޯހަކުން ނަޕޯލީ އަށް ވުރެ އެންމެ ޕޮއިންޓެއް މަދުވުމުންނެވެ. ސުޕަ ކަޕާއި އިޓާލިއަން ކަޕުން ވެސް ބަލިވެ މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
