
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ ފާއިތުވި 6 އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ލިބުނު ޓެކްސް އާމްދަނީއާއި، ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %16.5 އިތުރުވުމެކެވެ.
ފާއިތުވި 6 އަހަރުގެ ފުރަތަމަ 4 މަސްދުވަހު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ:
• 2019 – 23.2 ބިލިޔަން ރުފިޔާ
• 2020 – 15.2 ބިލިޔަން ރުފިޔާ
• 2021 – 21.3 ބިލިޔަން ރުފިޔާ
• 2022 – 29 ބިލިޔަން ރުފިޔާ
• 2023 – 34.1 ބިލިޔަން ރުފިޔާ
• 2024 – 34.1 ބިލިޔަން ރުފިޔާ
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ފަތުރުވެރިން އައި އަދަދު އިތުރުވުމާއެކު ފަތުރުވެރިކަމުން ލިބުނު ޓެކްސް އާމްދަނީވެސްވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 29.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.8 އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ލިބުނު ޓެކްސް އާމްދަނީގެ ތަފްސީލް:
• ޓީޖީއެސްޓީ – 9.9 ބިލިޔަން ރުފިޔާ
• އިމްޕޯޓް ޑިއުޓީ – 4.6 ބިލިޔަން ރުފިޔާ
• ޖީއެސްޓީ – 5.4 ބިލިޔަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖު – 1.9 ބިލިޔަން ރުފިޔާ
• ބެންކް ޕްރޮފިޓް ޓެކްސް – 732 މިލިޔަން ރުފިޔާ
• ބިޒްނަސް ޕްރޮފިޓް ޓެކްސް – 4 ބިލިޔަން ރުފިޔާ
• ގްރީން ޓެކްސް – 2 ބިލިޔަން ރުފިޔާ
• އިންކަމް ޓެކްސް – 405 މިލިޔަން ރުފިޔާ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ދައުލަތަށް ލިބިފައިވަނީ 7.9 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 6.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %19.8 އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 2.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. މިއީ %77.1 އިތުރު އަދަދެއްކަމަށް އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
