
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބު ކޮށްފިއެވެ. ޖުމުލަ 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ މަޖިލީހަށް އަލަށް އިންތިޚާބު ކޮށްފައިވާ ޤައުމުތަކަކީ ބަޙްރަޔިން، ކޮލޮމްބިޔާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ލެޓްވިޔާ އަދި ލައިބީރިޔާއެވެ. އެއީ، 2026ން 2027އަށް، ދެ އަހަރު ދުވަހުގެ ދައުރަކަށެވެ. އެ ޤައުމުތަކުގެ ދައުރު ފެށޭނީ 2026 ޖަނަވަރީ 1 ގައެވެ. އދގެ ސަލާމަތީ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބު ކޮށްފައި ވަނީ އދގެ ޢާންމު މަޖިލީހުގައި ނެގި ވޯޓެއްގައެވެ. އެ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ ތެރެެއިން ފަސް މެންބަރުންނަކީ ދާއިމީ މެންބަރުންނެވެ. އެއީ، އިނގިރޭސިވިލާތް، ޗައިނާ، ފަރަންސޭސިވިލާތް، ރަޝިޔާ އަދި އެމެރިކާއެވެ. ބާކީ ތިބި 10 މެންބަރުންނަކީ އިންތިޚާބު ކުރެވޭ މެންބަރުންނެވެ. އެ މަޖިލީހަށް އައު ފަސް މެންބަރުން އިންތިޚާބު ކޮށްފައި މި ވަނީ، އަލްޖީރިޔާ، ސިއެރެ ލިޔޯން، ދެކުނު ކޮރެޔާ، ގަޔާނާ އަދި ސްލޮވީނިޔާގެ ދައުރު ހަމަވާތީއެވެ.
ޤާނޫނީ ބާރުވެރިކަން ލިބިފައިވާ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ އދގެ ސަލާމަތީ މަޖިލީހަށެވެ. ނަމަވެސް، އެ މަޖިލީހުގައި ހިމެނޭ ދާއިމީ ފަސް މެންބަރުންނަކީ، އެހެން ޤައުމުތަކާއި އަޅައިބަލާއިރު ނުފޫޒާއި ބާރުތައް ގިނަ ޤައުމުތަކެކެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނިންމުންނަށް ވީޓޯ ކުރުން ނުވަތަ ބާޠިލު ކުރުމުގެ ބާރު ހިމެނެއެވެ. ބަޙްރަޔިން، ކޮލޮމްބިޔާ، ކޮންގޯ، ލެޓްވިޔާ އަދި ލައިބީރިޔާ އދގެ ސަލާމަތީ މަޖިލީހަށް އިންތިޚާބު ކޮށްފައި ވަނީ އެއްވެސް ވާދަވެރިކަމަކާ ނުލައެވެ. އދގެ ސަލާމަތީ މަޖިލީހަށް މެންބަރު ޤައުމެއް އިންތިޚާބު ކުރެވޭނީ ޢާންމު މަޖިލީހުގައި ނަގާ ވޯޓެއްގައި، ހުރިހާ މެންބަރުންގެ ތިންބައިކުޅަ ދެބައި ތާޢީދު ލިބުމުންނެވެ.
އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ބަޙްރަޔިނުންނެވެ. އެ ޤައުމަށް 186 މެންބަރުންގެ ތާޢީދު ލިބުނެވެ. ކޮންގޯއަށް ތާޢީދު ކޮށްފައި ވަނީ 183 މެންބަރުންނެވެ. އަދި، އެ މަޖިލީހަށް ލެޓްވިޔާ އިންތިޚާބު ކޮށްފައި ވަނީ 181 މެންބަރުންގެ ތާޢީދާ އެކުގައެވެ. އަދި، ކޮލަމްބިޔާއަށް 180 މެންބަރުންގެ ވޯޓު ލިބިފައިވާއިރު، އެ މަޖިލީހަށް ލެޓްވިޔާ އިންތިޚާބު ކޮށްފައި ވަނީ 178 މެންބަރުންގެ ތާޢީދާ އެކުގައެވެ. ޖޫން 2ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދގެ ޢާންމު މަޖިލީހުން ވަނީ އެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވެސް ބޭފުޅަކު އިންތިޚާބު ކޮށްފައެވެ. އދގެ ޢާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އެނެލިނާ ބެއަރބޮކެވެ. 193 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އދގެ ޢާންމު މަޖިލީހުގެ ރިޔާސަތާ އޭނާ ޙަވާލުވެ ވަޑައިގަންނަވާނީ ސެޕްޓެންބަރު މަހުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
