Read Time:2 Minute, 21 Second

 

 

ޖަޕާނުގެ ސަރުކާރާއެކު ރާއްޖޭގެ ދައުލަތުން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. އެ މަޝްވަރާތައް ކުރީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޝިގާމީ ރުމީކޯ، މިނިސްޓާ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދައިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ސިޓީތަކާއި ބެހޭ މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް, ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

 

 

އެ ބައްދަލުވުމުގައި ސަފީރު، އިޝިގާމީ ރުމީކޯ ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިއްބެވިކަމުގައި ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިނިސްޓްރީން ވިދާޅުވީ އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއާ ދޭތެރޭ ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާކަން ގަބޫލުކުރައްވާ ކަމުގައި ވިދާޅުވި ކަމަށެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %