
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެ ފަދަ ކުޑަ ޤައުމަކުން ހުއްޓާނުލާ ކުރާ މަސައްކަތުން ނަތީޖާ ފެނިގެންދާނެކަމަށް ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓްރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ. ޝިއާން ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙަށް ބަލާއިރު ފަލަސްޠީނު މައްސަލައިގައި މިއަދު ބޮޑެތި ޤައުމުތަކުގެ ބަސްމަގު ބަދަލުވަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ. ފަލަސްޠީނު މައްސަލައިގައި ރާއްޖެ ފަދަ ކުޑަ ޤައުމަކުން ކުރާ ކަމަކުން ކަމެއް ބަދަލުވެދާނެތޯ ނުވަތަ އިސްރާއީލު ހުއްޓުވުމުގައި އެއްވެސް ދައުރެއް އަދާކުރެވިދާނެތޯ އެއީ ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓްރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވީ، ރާއްޖެއަކީ ފަލަސްޠީނު މައްސަލައިގައި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އެންމެ ގިނަ ސްޓޭޓްމަންޓް ޤައުމެއްގެ ޙައިސިއްޔަތުން ނެރެފައިވާ އެއް ޤައުމުކަމަށެވެ. އަދި ޤައުމުތަކުން އެހެން ޤައުމުތަކުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ނެރޭ ސްޓޭޓްމަންޓަކީ ވަރުގަދަ އަދި އެއަށް ސަމާލުކަން ހުއްޓޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަމުގައި ރާއްޖެ ކުޑަނަމަވެސް ރާއްޖެއިން ކުރާކަންކަމުން މިމައްސަލައިގައިވެސް ބައިނަލްއަޤުވާމީ މައިދާނުގައި ބަދަލު އަންނާނެކަމަށް ޝިއާން ވިދާޅުވިއެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ އެކި ބައްދަލުވުންތަކުގައި ސީދާ މިމައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް އިވޭނެހެން ރާއްޖެއިން ބަސްބުނަމުންދާކަން ޝިއާން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން މިއަދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންގެ ބަސްމަގު ބަދަލުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އިސްރާއީލާއި މެދު ފިޔަވަޅު އެޅުމަށް ސީދާ ހުޅަނގުގެ ޤައުމުތަކުގެ ވެރިން ބުނަމުންދާކަމަށް ޝިއާންވަނީ ވިދާޅުވިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ވަރަށް ގިނަ މީހުން ސުވާލުކުރޭ ސްޓޭޓްމަންޓެއް ނެރެގެން ދެން ކޮން ކަމެއްތޯވާނީ. ކަމެއް ވާނެ. އެއީ އަޅުގަނޑުމެންގެ ޤައުމު ކުޑަނަމަވެސް އަޅުގަނޑުމެން ކެނޑިނޭޅި އެވާހަކަތައް ދައްކާކަމުގައިވާނަމަ އެއަޑު ފަނޑުވިޔަނުދީ އެވާހަކަތައް ކުރިއަށްގެންދިޔުމަށް މަގުފަހިވޭ. އެއީ މުހިއްމުކަމެއް.” ޝިއާން ވިދާޅުވިއެވެ. ޝިއާން ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި މިވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ރާއްޖެއިން ކޮށްފައިވާކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ގެ ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރައްވާ ތިމާވެށީގެ ދާއިރާއިން ބޭއްވި ބައްދަލުކުރެއްވުން ފެއްޓެވީ ފަލަސްޠީނު މައްސަލައިންކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ރާއްޖެއިން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކުރާ މަސައްކަތް ދައްކުވައިދިން ކަމެއްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށްވެސް މިކަމުގައި ބަސްބުނެވޭނެކަން ދައްކުވައިދިން ކަމެއްކަމަށް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ކޯޓު، އައިސީޖޭގައި ހިންގަމުންދާ 3 ޤާނޫނީ މައްސަލައިގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވަމުންދާކަންވެސް ޝިއާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖެއިންވަނީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ މީޑިއާތަކާއި، ސޯޝަލް މީޑިއާގައާއި ރާއްޖޭގެ އެކި ރަށްރަށުގައި ފަލަސްޠީނު މައްސަލައިގައި އެކި ގޮތްގޮތުންދަނީ އަޑު އުފުލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
