
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރިކަމުގެ ޕްލޮޓްތަކާއި މާރުކޭޓު އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމުގެ ބިންތައް އިފްތިތާޙްކޮށްދެއްވައި އާބަން ފާމިންގ ގެ ޕްލާޒާ ހުޅުވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލު ކައިރީގައި އާރބަން ފާމިން މަޝްރޫޢު ކުރިއަށް ގެންދާއިރު، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހި އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރުގެ އިތުރުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ އެންރީކޯ ގަވޭލިއާ އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މޭނެޖިންގ ޑިރެކްޓަރ މައުރޫފް ޖަމީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީއާއި އެޗްޑީސީން ކުރިއަށް ގެންދާ “ކޮމިއުނިޓީ އަރބަން ފާމިންގ” މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯރ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް” (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީން ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މާރިޔާ ވަނީ މި މަޝްރޫޢުގެ ސަބަބުން އަރބަން ފާމިން މަސައްކަތަކީ ދެމެހެއްޓެނެވި ގޮތެއްގައިކޮށް މަންފާ ހޯދޭނޭ މަސައްކަތެއްކަން އެނގިގެން ހިންގައްޖެ ކަމަށެވެ. އަދި މިކަމުގެ ފައިދާ މުޅި ހުޅުމާލެއަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއީ ހަމައެކަނީ ދަނޑުވެރިކަމުގެ މަޝްރޫޢެއް ނޫން. އަޅުގަނޑުމެން ފޯރުކޮށް މިދެނީ އެއްވެސް ފަރާތަކަށް ބަރޯސާނުވެ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް. އިމްޕޯޓަށް ބާރޯސާވުން ކުޑަކޮށް އުފެއްދުންތެރިކަން އިތުރު މިކުރެވެނީ. މީގެ އިތުރުން އަރބަން ފާމިންގް އާއެކު، އަޅުގަނޑުމެން މިދައްކުވައިދެނީ މިކަން ކޮށްގެން ދިރިއުޅުމަށް މަސައްކަތް ކުރެވިދާނެކަން.” ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ. ވަޒީރު ޑރ. މާރިޔާ ވަނީ މި މަޝްރޫޢުގެ ތެރެއިން މުޅި މުޖްތަމަޢުގެ ހުރިހާ ފަރާތެއް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިކަމުން މުޖްތަމަޢުގެ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ދަނޑުވެރިކަމުގެ އީޖާދުތައް ކުރިއަރާކަން ފެނިގެންދާ ކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެމީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. މިއާއެކު މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ދަށުން ދަނޑު ހެއްދުމަށް 28 ބިމެއް މިވަނީ ދޫކޮށްފައެވެ. މި ބިންތަކުގެ ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އާބަން ފާމިންގ މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އެކުންފުނީގެ އަމާޒަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަކަމާއެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
