
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން މިދިޔަ އަހަރު 26 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވަނީ 2024ވަނަ އަހަރު އެކުންފުނީގެ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ. އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެކެވެ. ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީންވަނީ 189 މަޝްރޫޢެއްގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން 26 މަޝްރޫޢެއްވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މިދިޔަ އަހަރު އެމްޓީސީސީން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކާއި، ބަނދަރު އަދި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި މަގު ހެދުމާއި އިމާރާތްކުރުމާއި ފުޓްބޯޅަ ދަނޑުތައް ހެދުމުގެ އިތުރުން ސާވޭ އަދި ކޮންސަލްޓެންސީގެ މަސައްކަތްތައްވެސް އެމްޓީސީސީން މިދިޔަ އަހަރު ކުރިއަށްގެންގޮސްފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 6 މަޝްރޫޢެއް އެމްޓީސީސީން ވަނީ މިދިޔަ އަހަރުތެރޭގައި ނިންމާފައެވެ. އެގޮތުން ނ. މާފަރު، އއ. އެތެރެ މަޑިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާފައެވެ. އަދި ރ. އިންނަމާދޫ، ތ. ވިލުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު އުތުރު ސަރަޙައްދުގެ އިތުރުން ހއ. ހޯރަފުށި އެއަރޕޯޓުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީން ވަނީ 8 ރަށެއްގެ ބަނދަރު އަދި ޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާފައެވެ. މީގެތެރޭގައި ކ. ކަންޑޯތްގިރި، ކ. ވިލިމާލޭ، އއ. މާޅޮސް، މ. މުލި، ހއ، ބާރަށް، ހދ. ކުމުންޑޫ، ބ. ކަމަދޫގެ އިތުރުން ހުޅުމާލޭ ހާބަރު އެކެއްގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މިދިޔަ އަހަރު އެމްޓީސީސީން ވަނީ މަގު ހެދުމުގެ 3 މަޝްރޫޢެއްގެ މަސައްކަތް ނިންމާލާފައެވެ. އެއީ ހއ. ހޯރަފުށި، ފުވައްމުލަކު ސިޓީ އަދި ވެލާނާ އެއަރޕޯޓުގެ އެސްފަލްޓް ޕޭވިންގ ފޯރ ޖީ.އޭގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބަލާލާއިރު ގދ. ތިނަދޫ އިސްލާމިކް ސެންޓަރު މަރާމާތުކުރުމާއި އެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް މިދިޔަ އަހަރު އެމްޓީސީސީން ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން ށ. ފުނަދޫ އަދި ފުވައްމުލައް ދަނޑިމަގު ފުޓުބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. ސާވޭ އަދި ކޮންސަލްޓެންސީގެ މަސައްކަތްތަކަށް ބަލާއިރު، ފ. ނިލަންދޫ އެއަރޕޯޓު ރިކްލަމޭޝަން، ތ. ގުރައިދޫ އެއަރޕޯޓު، ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ ކާގޯ ޓާމިނަލާއި އެ އެއަރޕޯޓްގެ ބައިނަލްއަޤުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ބައިގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މަސައްކަތްތަކުގެ ސާވޭއާއި ކޮންސަލްޓެންސީ ވަނީ ދީފައެވެ.
މަސައްކަތުގެ ފެންވަރު އަދި ދުވެލި ރަނގަޅުކުރުމަށް، އަދި މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން އެމްޓީސީސީން މިދިޔަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން ދުވާލަކަށް 29 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
