
(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %64.7 އިތުރު އަދަދެކެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ޖަނަވަރީއިން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 31،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 19،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %64.7 އިތުރުވުމެކެވެ.
ފިނިކުރި އަދި ތާޒާ ކަނޑުމަހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއިން 28،000 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 15،000 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %78 އިތުރުވުމެކެވެ. ކަނޑުމަސް ނުލައި ރާއްޖެއިން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި ފިނިކުރި އަދި ތާޒާ މަހުގެ އަދަދަކީ 229 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 163 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %40 އިތުރުވުމެކެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުގައި ބަންދުކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެއީ 2127 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 2556 މެޓްރިކް ޓަނުގެ މަހެވެ.

(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %58 އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ޕްރޮސެސްކުރި ކަނޑުމަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވަނީ 532 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 336 މެޓްރިކް ޓަނުގައެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްބީޑީގެ އެހީގައި މަސް ބަންދުކުރާ ކާރުހާނާއެއް ހުޅުމާލޭގައި އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އައިއެސްޑީބީއާއި ދިވެހި ސަރުކާރު ގުޅިގެން މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. މިއީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއެކެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
