
ކޮންމެ އަހަރަކު ވެސް ޙައްޖުގެ މަތިވެރި އަޅުަކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެތައް ހާސް މުސްލިމުންނެއް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެއެވެ. ޙައްޖުގެ އަޅުކަން ޢަރާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކުރުމަށް ޤައުމުތަކަށް ކޯޓާ ދޫކުރަނީ އެ ޤައުމެއްގެ މުސްލިމް އާބާދީގެ ނިޞްބަތުންނެެވެ. މި އަހަރުގެ ރަސްމީ ކޯޓާ ލިސްޓު ސަޢުދީ ޢަރަބިއްޔާއިން މިހާރު ނެރެފައިވާއިރު، އެންމެ ގިނަ ޢަދަދެއްގެ ޙައްޖުވެރިން ފޮނުވާ ދިހަ ޤައުމުގެ ތަފްޞީލު ވަނީ ޙިއްޞާ ކޮށްފައެވެ.
1. އިންޑޮނޭޝިޔާ
މި އަހަރު އެންމެ ގިނަ ޢަދަދެއްގެ ޙައްޖުވެރިން ފޮނުވާފައި ވަނީ އިންޑޮނޭޝިޔާއިންނެވެ. އެ ޤައުމަކީ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ޤައުމެކެވެ. 244 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގެ 87 އިންސައްތައަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 285.7 މިލިޔަން މީހުންނެވެ. އެ ޤައުމަށް ސައުދީ ޢަރަބިއްޔާއިން މި އަހަރު ދޫކޮށްފައި ވަނީ 221،000 ކޯޓާއެވެ.
2. ޕާކިސްތާނު
ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކޮށްފައި ވަނީ ޕާކިސްތާނުންނެވެ.އެ ޤައުމުގައި 2552 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު އެއީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ޤައުމެކެވެ. އެ ޤައުމަކީ ވެސް ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. އެއީ އާބާދީގެ 96.46 އިންސައްތައެވެ. މި އަހަރު ޕާކިސްތާނަށް ދޫކޮށްފައި ވަނީ 180،000 ކޯޓާއެވެ.
3. އިންޑިޔާ
ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މި އަހަރު ޙަައްޖަށް ގޮސްފައި ވަނީ އިންޑިޔާއިންނެވެ. 1.46 ބިލިޔަން މީހުންގެ އާބާދީއާއެކު ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮންނަ އިންޑިޔާގައި 200 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. އެ ޤައުމަށް ދޫކޮށްފައި ވަނީ ޖުމްލަ 175،000 ކޯޓާއެވެ.
4. ބަންގްލަދޭޝް
ލިސްޓުގެ ހަތަރު ވަނައިގައި އޮތީ 175.7 މިލިޔަން މީހުންގެ އާބާދީއެއް އިންނަ ބަންގްލަދޭޝެވެ. ބަންގްލަދޭޝްގެ ގާތްގަނޑަކަށް 91 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 160 މިލިޔަން މީހުންނެވެ. އެ ޤައުމަށް މި އަހަރު ދޫކޮށްފައި ވަނީ 127,000 ކޯޓާއެވެ.
5. ނައިޖީރިޔާ
އެފްރިކާގެ ޤައުމެއް ކަމަށްވާ ނައިޖީރިޔާއިން ވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޙައްޖަށް ގޮސްފައިވެއެވެ. އެ ގޮތުން އެ ޤައުމަށް 95،000 ކޯޓާ ދޫކޮށްފައިވެއެވެ. އެއީ އެފްރިކާގެ ޤައުމަކަށް ދޫކޮށްފައިވާ ކޯޓާގެ އެންމެ މަތީ ޢަދަދެވެ. ނައިޖީރިޔާގެ ޖުމްލަ އާބާދީއަކީ 237.5 މިލިއަނެވެ. އޭގެ ދެބައި ކުޅަ އެއްބައި މީހުންނަކީ މުސްލިމުންނެވެ. އެހެން ކަމުން އެ ޤައުމުގައި ގާތްގަނޑަކަށް 120 މިލިޔަން މުސްލިމުން އުޅެއެވެ.
6، އީރާން
އީރަނަކީ ވެސް ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. އެ ޤައުމުގެ އާބާދީއަކީ 92.4 މި.ލިޔަން ކަމަށްވާއިރު މުސްލިމް އާބާދީއަކީ ގާތްގަނޑަކަށް 88 މިލިޔަނެވެ. އެ ޤައުމަށް މި އަހަރު ދޫކޮށްފައި ވަނީ 87،550 ކޯޓާއެެވެ.
7. އަލްޖަޒާއިރު
ހަތްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މުސްލިމުން ޙައްޖަށް ގޮސްފައި ވަނީ އަލްޖަޒާއިރުންނެވެ. އެ ޤައުމުން ޙައްޖަށް ފޮނުވާފައި ވަނީ 41،300 މީހުންނެވެ.އެ ޤައުމުގެ 46،9 މިލިޔަން މީހުންގެ އާބާދީގެ 98 އިންސައްތައަކީ މުސްލިމުންނެވެ.
8. ތުރުކީވިލާތް
ތުރުކީވިލާތުން ވެސް މި އަހަރު 37،770 މީހުން ވަނީ ޙައްޖުގެ އަޅުކަން ޢަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކޮށްފައެވެ. އެ ޤައުމުގެ މުސްލިމް އާބާދީ 85 މިލިއަނަށް އަރައެވެ. އެއީ ޖުމްލަ އާބާދީގެ 99 އިންސައްތައެވެ.
9. މިޞްރު
މި އަހަރު މިޞްރަށް ދޫކޮށްފަި ވަނީ 35.375 ކޯޓާއެވެ. އެ ޤައުމުގެ އާބާދީ 110 މިލިޔަނަށް އަރާއިރު އޭގެ ތެރެއިން 100 މިލިޔަނެއްހާ މީހުންނަކީ މުސްލިމުންނެވެ.
10. ސޫދާން
ދިހަވަނައަށް އެންމެ ގިނަ ޢަދަދެއްގެ ޙައްޖުވެރިން ފޮނުވާފައި ވަނީ ސޫދާނުންނެވެ. މި އަހަރު ސޫދާނަށް ކަނޑައަޅާަފައި ވަނީ 32،000 ކޯޓާއެވެ. އެ ޤައުމުގެ ޖުމްލަ އާބާދީއަކީ 51 މިލިޔަނެވެ. އޭގެ ތެެރެެއިން 86 އިންސައްތައަކީ މުސްލިމުންނެވެ.
ސަޢުދީ ޢަރަބިއްޔާއިން ދިވެހި ރާއްޖެއަށް ރަސްމީ ކޮށް ދޫކޮށްފައި ވަނީ 1،000 ޖާގައެވެ. ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވީއިރު، ޙައްޖަށް ދިޔުމަށްޓަކައި ކޮންމެ އަހަރު ވެސް އެތައް ހާސް ބަޔަކު އެދެމުން ދެއެވެ. ޙައްޖަށް ދިޔުމަށް އެދި ކިޔުގައި ޖެހިފައިވާ މީހުން ވަރަށް ގިނައެވެ. އެހެންކަމުން ސަރުުކާރުން ދަނީ ސަޢުދީ ޢަރަބިއްޔާއާ މަޝްވަރާކޮށް ކޯޓާ އިތުރު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
