
(ފޮޓޯ ކްރެޑިޓްސް: ސައުދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީ)
މި އަހަރުގެ ޙައްޖު މޫސުމުގައި މިހާތަނަށް 91،000 ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ދީފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާއިން ޙިއްޞާ ކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަޢުދީ ޢަރަބިއްޔާއިން ބުނީ ޖޫން މަހުގެ 2ވަނަ ދުވަހާ ހަމައަށް 51،938 ޙައްޖުވެރިންނަށް ޞިއްޙީ މަރުކަޒުތަކުގައި ފަރުވާ ދީފަިއިވާ ކަމަށާއި 22،486 މީހަކަށް ކުއްލި ޙާލަތުގައި ފަރުވާ ދީފައިވާ ކަމަށެވެ. ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް 1،069 ޙައްޖުވެރިންނަށް ފޯރު ކޮށްދީފައިވާ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ. ފަރުވާ ހޯދި މީހުންގެ ތެރެއިން 4،119 މީހުން ހަސްފަތާލުގައި އެނދުމަތި ކޮށްފައިވާ ކަމަށާއި، 1،973 މީހުންނަށް އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށް ވެސް މަޢުލޫމާތު ދެއެވެ.
މި މުއްދަތާ ހަމައަށް ސަޢުދީ ޢަރަބިއްޔާގެ ހަސްފަތާލުތަކުގައި ޙައްުޖުވެރިންގެ 16 ހިތުގެ އޮޕަރޭޝަން ކޮށް 145 ޙައްޖުވެރިއެއްގެ ހިތުގެ ލޭހޮޅިތަކަށް ހޮޅިކޮޅު ލައްވާފައިވެއެވެ. ހޫނު ގަދަވުމުގެ ސަބަބުން ޙާލު ދެރަވި 44 މީހަކަށް ވެސް ފަރުވާ ދީފައިވެއެވެ. ޙައްޖު މޫސުމާ ދިމާކޮށް ސަޢުދީ ރެޑް ކްރެސެންޓް އޮތޯރިޓީން ވަނީ އެއާ އެމްބިޔުލެންސްގެ ޚިދުމަތް ފަށައިފައެވެ. ސަޢުދީ ޢަރަބިއްޔާގެ 13 ހެލިޕެޑަކަށް ޖެއްސުމުގެ އިންތިޒާމް ހަމަޖައްސައި 11 ހެލިކޮޕްޓަރު އެއާ އެމްބިޔުލެންސްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ. އެތައް ހާސް މުސްލިމުން ޙައްޖުގެ އަޅުކަން އަދާ ކުރަމުންދާ ވަގުތު ޙާލު ދެރަވާ މީހުން އެއާ އެމްބިޔުލަންސްތައް މެެދުވެރިކޮށް ހަލުވިކަމާއެކު ހަސްފަތާލުތަކަށް ގެންދާނެއެވެ. ސަޢުދީ ރެޑް ކްރެސެންޓް އޮތޯރިޓީން ވަނީ 120 އެމްބިޔުލަންސް ޔުނިޓު ޤާއިމު ކޮށް، އެ މަސައްކަތުގައި 100އަށްވުރެ ގިނަ އެމްބިޔުލަންސް ހިމަނާފައެވެ. އިރުއުތުރާއި ހުޅަނގުގެ ސަރަޙައްދުތަކުގައި 45 ޔުނިޓު ޤާއިމު ކޮށްފައިވާއިރު، 15 ޔުނިޓު ހުރީ ދެކުނު ޒޯނުގައެވެ. މެދުތެރޭ ސަރަޙައްދުގައި ވެސް 20 ޔުނިޓު ޤާއިމު ކޮށްފައިވެއެވެ.
އޭގެ އިތުރުން ވެސް ކުއްލި ފަރުވާ ދިނުމަށް 160 އެމަޖެންސީ ޓެކްނީޝަނުން ޙަރަކާތްތެރިވަމުން ދާނެއެވެ. އިންޖީނުލީ 12 އެމަޖެންސީ އުޅަނދާއި އެމްބިޔުލަންސެއްގައި ހުންނަންޖެހޭ އެންމެހާ އާލަތްތައް ހުންނަ ތިން ގޮލްފް ކާޓު ވެސް ވަކި ޙުއްދައަކާއެކު ނޫނީ ނުވަދެވޭ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުން ދާނެއެވެ. ހުރިހާ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ދިމާވާ ކުއްލި ޙާލަތެއްގައި ވެސް އަވަހަށް އިޖާބަ ދެވޭނެ ފަދަ ގޮތަކަށް ވަރަށް ފުރިހަމައަށެވެ. މަސްޖިދުލް ޙަރާމުގައި ވެސް 30 އެމަޖެންސީ ޔުނިޓު ޤާއިމު ކޮށްފައިވެއެވެ. މި ޔުނިޓުތަކުގައި 60 ޕެރެމެޑިކުން ޙަރަކާތްތެރިވެއެވެ. ބައިބޯ ސަރަޙައްދުތަކުގައި މި ޓީމުތަކުން ވެސް ޙަރަކާތްތެރި ވަނީ ކުއްލި ފަރުވާދެވޭ އާލާތްތައް ހަރުކޮށްފައިވާ ގޮލްފް ކާޓުތަކުގައެވެ. 120 ޑޮކްޓަރުންނާއި އެމަޖެންސީ ޓެކްނީޝަނުން ވެސް މި މަސައްކަތުގައި ބައިވެރިވެއެވެ. މީގެ އިތުރުން 550 ދަރުމަވެރިން ވެސް އެކި ސަރަޙައްދުތަކުގައި ޤާއިމު ކޮށްފައިވާ 200އަށްވުރެ ގިނަ ޔުނިޓުތަކަށް އެހީތެރިވުމުގައި ޙަރަކާތްތެރިވަމުން ދެއެވެ.
ސައުދީ ޢަރަބިއްޔާގެ ޞިއްޙީ އިދާރާތަކުން ބުނީ ރަނގަޅު ފެންވަރުގެ ޞިއްޙީ ފަރުވާ ދީ ޙައްޖުވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ޔަޤީން ކުރުމަށް ޞިއްޙީ ޚިދުމަތްްދޭ ފަރާތްތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތައް ކުރުމުގައި އެ ޤައުމުން ދެމި ތިބޭނެ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޞިއްޙީ މިންގަނޑުތަކަށް ފެތޭ، ރައްކާތެރި އަދި ޞިއްޙީ ޚިދުމަތް ލިބެން ހުރި މާހައުލެއް ޙައްޖުވެރިންނަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި، ސަޢުދީ ޢަރަބިއްޔާގެ 2030ވަނަ އަހަރުގެ ތަޞައްވުރާ އެއްގޮަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
