
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަސްމީ ޙުއްދައެއް ނެތި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ވަނުމަށް މަސައްކަތް ކުރި 269،000އަށްވުރެ ގިނަ މީހުން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހުއްޓުވާފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މުސްލިމުންނެއް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކޮންމެ އަހަރަކު ވެސް ޙައްޖު މޫސުމުގައި މައްކާއަށް ދަތުރުކުރެއެވެ. ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މަސައްކަތް ކުރާ މީހުން ހިފެހެއްޓުމުގެ މައިގަނޑު އެއް ބޭނުމަކީ ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ތޮއް ޖެހުން ފަދަ ކަންކަން ހިނގުން ހުއްޓުވުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނީ ޙުއްދަނެތި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންގެ އިތުރުން ބޭރު ޤައުމުތަކަށް ނިޞްބަތްވާ މީހުން ވެސް މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން ފިޔަވަޅުތައް އަމާޒު ކޮށްފައި ވަނީ ދެ ބައި މީހުންނަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޤަވާއިދާ ޚިލާފަށް ޙައްޖުގެ އަޅުކަން އަދާ ކުރަން މަސައްކަތް ކުރާ މީހުން 5000 އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށާއި ވަކި މުއްދަތެއް ވަންދެން ސަޢުދީ ޢަރަބިއްޔާއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލުން އެކަށީގެންވާ ކަމަށް އެ ވުޒާރާއިން އިންޒާރު ދީފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާއިން ބުނީ ޙައްޖާގުޅޭ ޤަވާއިދުތަކަށް ބޯނުލެނބުމުގެ ސަބަބުން އެ ޤައުމުގައި ދިރިއުޅޭ 23،000 މީހަކާ ދެކޮޅަށް މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ޙައްޖުގެ ޚިދުމަތްތައް ފޯރުކޮށްދޭ 400 ކުންފުންޏަކަށް ދޫކޮށްފައިވާ ލައިސެންސު ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ އިތުރުން ރަސްމީ ޙުއްދަ ނެތި މައްކާއަށް ވަނުމަށް މަސައްކަތް ކުރަމުންދިޔަ 269،678 މީހުން ހުއްޓުވާފައިވާ ކަމަށް ވެސް އެ ޤައުމުން މަޢުލޫމާތު ދެއެވެ. ޤަވާއިދުގައި ވާގޮތުގެ މަތިން މައްކާގައި ދިރިއުޅޭ މީހުންނަށް ވެސް ޤައުމުން ބޭރު މީހުންނެކޭ އެއްގޮތަށް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޚާއްޞަ ޙުއްދައެއް ބޭނުންވެއެވެ. ޙައްޖުގެ އަޅުކަން އަދާ ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ފަސްގަނޑުގައި ކަމަށް ވާތީ ޤަވާއިދާ ޚިލާފަށް ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނީ ވެސް އެ ޤައުމުން ކަމަށް ދާޚިލީ ވުޒާރާގެ ފަރާތުން ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު އަލް-ޢުމަރީ ވަނީ ވިދާޅުވެފައެވެ.
ޙަުއްދަ ނެތި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން ހަރުކަށި ފިޔަވަޅު އަޅަމުންދަނީ އެ މީހުންެގެ ސަބަބުން އާންމު ސަލާމަތަށް ކުރާ އަސަރުތަކާމެދު ކަންބޮޑުވުންތައް އިތުރުވަމުން ދަނިކޮށެވެ. ޤަވާއިދުގެ މަތިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މި ވަގުތު ވެސް މައްކާގައި 1.4 މިލިޔަން މީހުން އެބަތިއްބެވެ. ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަދި އިތުރު ޙައްޖުވެރިން އެ ސަހަރަށް އަންނާނެއެވެ. މި އަހަރުގެ ޙައްޖުގެ އިންތިޒާމްތައް އިތުރަށް ތަރުތީބުކޮށް ފުރިހަމަ ކުރުމަށް އަދި ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ދަނީ ޒަމާނީ ޓެކްނިލޮޖީގެ ބޭނުން ހިފަމުންނެވެ. މުޤައްދަސް ސަރަޙައްްދުތަކުގައި ކަންކަން ހިނގަމުންދާ ގޮތް ދެނެގަތުމަށް މި އަހަރު ޑްރޯންގެ ބޭނުން ދަނީ ކުރަމުންނެވެ. މީހުން އެއްވާ ބައިބޯ ސަރަޙައްދުތައް ދެނެގަނެ، ޙައްޖުވެރިންގެ ޙަރަކާތްތައް ބަލައި، އަލިފާން ނިވުން ފަދަ ކަންކަން ކުރުމުގެ ޤާބިލުކަން މި ޑްރޯންތަކަށް ލިބިގެންވެއެވެ.
ޙައްޖަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ކުޅަދާނަ މުސްލިމުން އުމުރުގައި މަދުވެގެން އެއްފަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުން ވާޖިބުވެގެންވެއެވެ. މި އަހަރުގެ ޙައްޖު މޫސުން ދިމާ ވަނީ ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރާއެވެ. އެ ގޮތުން 47 ޑިގްރީ ސެލްސިއަަސަށް ހޫނުމިން އިތުރުވެދާނެ ކަމުގެ އިންޒާރު ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
