
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމުގައި ދުނިޔޭގެ އެންމެ ބޮޑު ފިނިކުރާ ނިޒާމު ކަމަށް ބުނާ ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރަން ފަށައިފިއެވެ. މި ނިޒާމު ބޭނުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ޙައްޖު މޫސުމާ ދިމާ ކޮށެވެ. ހޫނު މޫސުމުގައި ސަޢުދީ ޢަރަބިއްޔާގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދެއެވެ. އެ ގޮތުން ހޫނު މޫސުމުަގައި އެ ޤައުމުގެ ހޫނުމިން އާންމު ގޮތެއްގައި ހުންނަނީ 45 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މަތީގައެވެ. ޙައްޖު ކުރުމަށާއި އުމްރާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރު ކުރާއިރު، ޙައްޖާއި އުމްރާވެރިންނަށް އަޅުކަމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށް، ވަރުގަދަ ފިނިކުރާ ނިޒާމެއް ބޭނުން ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އަލަށް ބޭނުން ކުރަން ފަށާފައިވާ މި ނިޒާމަށް 155،000 ޓަނު ފިނި ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވެއެވެ. އޭގެ މާނައަކީ ގަޑިއިރެއްގެ ތެރޭގައި 1.86 ބިލިޔަން ބީޓީޔޫ އެ ނިޒާމުން ފިނިކޮށްދެއެވެ. އެ ނިޒާމުގެ މަސައްކަތްތައް ކުރަނީ މައިގަނޑު ދެ މަރުކަޒަކުންނެވެ. އަލް-ޝާމިޔާ ސްޓޭޝަނުން 120،000 ޓަނު ފިނި ކޮށްދޭއިރު އަަޖްޔަދު ސްޓޭޝަނުން 35،000 ޓަނު ފިނިކޮށްދެއެވެ. އަލަށް ބޭނުން ކުރަން ފަށާފައިވާ ނިޒާމުގެ ދަށުން މިސްކިތުގެ ހުރިހާ ސަރަޙައްދުތައް ފިނި ކޮށްދެއެވެ. އެއީ މިސްކިތުގެ ބައިބައިގެ ގޮތުގައި ފަހުގެ އަހަރުތަކުގައި އިތުރު ކޮށްފައިވާ ބައިތައް ވެސް ހިމެނޭ ގޮތަށެވެ. މިސްކިތުގެ ފިނިހޫނުމިން 22 ޑިގްރީއާއި 24 ޑިގްރީއާ ދެމެދު އެ ނިޒާމުން ދަމަހައްޓައިދެއެވެ.
މާތްވެގެންވާ ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ ރިޔާސަތުން އަޙައްމިއްޔަތުކަން ދެނީ ހަމައެކަނި މިސްކިތް ފިނިކުރުމަކަށް ނޫނެވެ. ފިނި ކުރާ ނިޒާމުގެ ތެރޭގައި ވައި ސާފު ކުރާ ޒަމާނީ ޓެކްނޮލޮޖީ ވެސް ހިމަނާފައި ވެއެވެ. ވައިގެ ތެރޭގައި ހުންނަ ޖަރާސީމުގެ 95 އިންސައްތަ މި ނިޒާމުން ނައްތާލައެވެ. އެތައް ހާސް ބަޔަކު މިސްކިތުގެ ތެރޭގައި އެއްފަހަރާ ޙަރަކާތްތެރިވާއިރު ވައިގެ ސާފުކަމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މި އަހަރުގެ ޙައްޖު މޫސުން ހޫނު މޫސުމުގެ އެންމެ ހޫނު ދުވަސްވަރާ ދިމާވާތީ ފިނިކުރާ ނިޒާމާއި ވައި ސާފުކުރާ ނިޒާމުގެ ސަބަބުން ޙައްޖުވެރިންގެ ތެރެއިން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެއެވެ. މަސްޖިދުލް ޙަރާމުގެ ތަޅުންގަނޑު ވެސް ހަދާފައި ވަނީ ހޫނުކަން ކުޑަކޮށްދޭ ގްރީކް ތަސޮސް ބޭނުން ކޮށްގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
