
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނަށް އައި ބިންހެލުންތަކެއްގައި ކަރާޗީގެ ދެކުނުގައި ހުންނަ ޖަލަކުން ފިލި 200 އަށް ވުރެ ގިނަ ޤައިދީންގެ ތެރެއިން ގިނަ މީހުން އަދި ނުހޯދޭ ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ. ބިންހެލުންތައް އައި ވަގުތު، ކަރާޗީގައި ހުންނަ ޑިސްޓްރިކްޓް މާލީރު ޖަލުގައި ތިބި ޤައިދީންގެ ސަލާމަތަށް ގޮޅިތަކުން ޖަލުގެ ގޯތި ތެރެއަށް ނެރުނު ވަގުތު، ޖަލު އޮފިސަރުންނަށް ޙަމަލާދިނުމަށްފަހު ޖުމްލަ 213 ޤައިދީން ފިލިކަމަށް ފުލުހުން ބުންޏެވެ. އޭގެތެރެއިން ބައެއް ޤައިދީންތައް ފިލީ، ޖަލު އޮފިސަރުންގެ ހަތިޔާރުތައް އަތުލައިގެން، މައި ގޭޓު ހުޅުވަން މަޖުބޫރުކޮށްގެންނެވެ. އެ ވަގުތު ޖަލުގައި 2،000 އެއްހާ ޤައިދީން ތިބި ކަމަށާއި، ދަންވަރު ވަގުތެއް ކަމުން، ޖަލު ބަލަހައްޓަންތިބީ 28 ޖަލު އޮފިސަރުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޖަލުން ފިލި ޤައިދީން ހައްޔަރުކުރުމުގައި ފުލުހުންނާ ދެމެދު ބަޑީގެ ޙަމަލާތައް ބަދަލުކުރެވުނު ކަމަށާއި، އޭގެ ތެރެއިން އެއް ޤައދީއަކު މަރުވެ، ތިން ފުލުހުން ޒަޚަމްވެފައިވާ ކަމަށް ވެސް ބުންޏެވެ. ސިންދުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް، ޤުލާމް ނަބީ މެމޮން ވިދާޅުވީ، ޖަލުން ފިލި ޤައިދީންގެ ތެރެއިން މިހާތަނަށް 78 ޤައިދީއަކު އަތުލައިގަނެވިފާއިވާ ކަމަށެވެ. އަދި ދެން ތިބި ޤައިދީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ޖަލުގައި ގިނައިން ތިބީ، މަސްތުވާތަކެތީގެ ކުށްތަކުގައި ތިބި ޤައިދީން ކަމަށާއި، އެ އެންމެންގެ މައްޗަށް ނިރުބަވެރި ޙަމަލާއެއް ދިނުމުގެ ދަޢުވާ ކުރުމުގެ ފުރުޞަތު މިހާރު އޮންނާނެ ކަމަށެވެ. މި ހާދިސާގައި އާންމުންގެ މީހަކަށް ގެއްލުމެއް ލިބުނުކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ. މިއީ ޕާކިސްތާނުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ޤައިދީން ޖަލަކުން ފިލި ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
