
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ގިނަ އަދަދެއްގެ ޢާންމުންނަށް ޙަމަލާދީ، އޭގެ ތެރެއިން 27 މީހުން ޝަހީދު ކޮށްލުމުން، އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އެކުވެރި ދައުލަތްތައް (އދ)ން ގޮވައިލައިފިއެވެ. ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ބަޔެކެވެ. ޖީއެޗްއެފަކީ ޣައްޒާގައި ހައިހޫނުުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
ޖީއެޗްއެފުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޖަރީމާތައް ހިންގަން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން އެ ޖަމުޢިއްޔާގެ މަރުކަޒުތައް ކައިރިއަށް އެތަކެއް ސަތޭކަ ބަޔަކު ޖަމާ ކުރުމުން ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ރަފަޙްގައި އެންމެ ފަހުން ދީފައިވާ މި ފަދަ ޙަމަލާތަކުގައި 27 މީހުން ޝަހީދު ކޮށްލާފައިވާއިރު، މިއީ ޔަހޫދީ ފައުޖާއި ޖީއެޗްއެފް ގުޅިގެން މި ފަދަ ޖަރީމާތަކެއް ހިންގާފައިވާ ޖެހިޖެހިގެން ތިންވަނަ ދުވަހެވެ. އެ ޙަމަލާތަކުގައި އިތުރު 50އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ރެޑް ކްރެސެންޓުން ހާމަ ކޮށްފައިވާއިރު ޝަހީދު ކޮށްލާފައިވާ މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 184އަށް އުފުލައިވާ ކަމުގައި ބައެއް މަޞްދަރުތަކުން ބުންޏެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކާބޯތަކެތި ބަލައި ގޮސް ތިބި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ފުރިހަމަ ތަޙުޤީޤެއް ކުރުމުން ގޮވައިލައްވާފައެވެ. “ކާބޯތަކެތި ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ފުރާނު ނުރައްކަލަށް ހުށަހަޅަން ޖެހުމަކީ އެއްވެސް ހާލަތެެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. އެ ކަމުގެ [އެހީ ހޯދުމަށް ޖަމާވި މީހުންނަށް ޙަމަލާދިން ޖަރީމާގެ] މިނިވަން ތަޙުޤީޤެއް ހިންގައި، ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅުގަނޑު ގޮވައިލަން،” ގުތެރޭޝް ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި އެއްބާރުލުމާ އެކު ޤާއިމު ކޮށްފައިވާ ޖީއެޗްއެފުން ވެސް ވަނީ އެހީ ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާދީ ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ބަރިއްޔަވުމަށް މަސައްކަތް ކޮށްފައެވެ. އަދި، އެ ޖަމުޢިއްޔާއިން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރީގައި ބަޑިޖެހުމުގެ ޖަރީމާއެއް ހިންގާފައި ނުވާ ކަމަށް ބުނެ، ކަމުގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޖީއެޗްއެފަކީ ޣައްޒާގެ އިތުރު ރައްޔިތުންތަކެއް ޝަހީދު ކޮށްލުމުގައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔަހޫދީންނާއި ރައީސް ޓްރަމްޕް ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެއް ކަމުގައެވެ.
ޣައްޒާގެ ރައްޔިތުން ހައިހޫނުުގައި ޖައްސައި، ބަނޑަށްޖައްސައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާއި ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައި ވަނީ އޭގެ 11 ހަފުތާ ފަހުންނެވެ. ނަމަވެސް، އެ ތަކެތި ވެއްދުމުގެ ފުރުޞަތު ދީފައި އޮތީ ހަމައެކަނި ޖީއެޗްއެފަށެވެ.
އދގެ އިދާރާތަކުން ބުނީ، ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި، ޣައްޒާގެ އާބާދީގެ %100 މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ދެ މަސް ދުވަހަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އެ ސަހަރުގެ ސަރަޙައްދީ ރޮނގުގެ ބޭރުގައި ޔަހޫދީން ހިފަހައްޓާފައިވާ ކަމުގައެވެ. އަދި، އެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ވަނީ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
