
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިންގަޕޫރު މެޗުގައި ހުރިހާ ފޯކަސްއެއް އޮންނާނީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުމަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ސިންގަޕޫރަށް ފުރުމުގެ ކުރިން “ޕީއެސްއެމް ނިއުސް” އަށް ދިން ޚާއްސަ އިންޓަވިއުގައި ސުޒެއިން ބުނީ ސިންގަޕޫރު މެޗުގެ ނަތީޖާއަކީވެސް މުހިންމު އެއްޗެއް ކަމަށާއި، އެހެންނަމަވެސް ސިންގަޕޫރު މެޗު ކުޅޭނީ ވީހާވެސް ބޮޑަށް ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ ވާދަވެރި މެޗަށް ވިސްނައިގެން އެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ސުޒެއިން ބުނީ ޤައުމީ ޓީމުން ސިންގަޕޫރަށް ފުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. “ތައްޔާރީތަކާއި ދޭތެރޭ ހަމަގައިމުވެސް ވަރަށް ހިތްހަމަޖެހޭ. އެއީ މުބާރާތެއް ކުޅެލާފަ 5 މެޗުވިޔަސް ކުޅެލާފަ ގިނަ ކުޅުންތެރިން މިތިބީ. ނުވަދިހަ ފަސް ޕަސެންޓް ވިޔަސް. ދެތިން ކުޅުންތެރިން ފިޔަވާ. އެހެންވީމަ ޕްރެކްޓިހުންވެސް އެ މޯޓިވޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ. ފިޓްނަސް ހުރިހާ އެއްޗެއްވެސް ވަރަށް ރަނގަޅުކޮށް ފެނުނީ. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ ހަމަ” ސުޒެއިން ބުންޏެވެ.
ގައުމީ ޓީމުން ސިންގަޕޫރަށް ދިޔައީ ޖޫން 5 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗަކަށެވެ. ސިންގަޕޫރުގެ ދައުވަތަކަށް ކުޅޭ އެމެޗު އޮންނާނީ ސިންގަޕޫރު ނޭޝަނަލް ސްޓޭޑިއަމްގައެވެ. ސިންގަޕޫރުގައި ކޭމްޕް ކުރުމަށްފަހު ޤައުމީ ޓީމު ފުރާނީ އޮސްޓްރޭލިއާއަށެވެ. އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖޭން ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅޭ އަވޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު އޮސްޓްރޭލިއާގެ ޑާވިންގައެވެ. މިއީ ޤައުމީ ޓީމުން އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ. 2027 ވަނަ އަހަރު ސައުދީއަރަބިއްޔާގައި އޮންނަ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ރާއްޖެއިން ކުޅޭ މެޗު އޮސްޓްރޭލިއާގައި ޑާވިންގެ ޓެރިޓަރީ ރަގްބީލީގު ސްޓޭޑިއަމަށް ބަދަލުކޮށްފައިވަނީ ޓިމޯ ލެސްޓޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ނެތުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
