
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އާއި ކޮލަމްބިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފަ އެވެ. އުމުރުން 37 އަހަރުގެ މެސީ އެންމެ ފަހުން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ. ކޮލިފައިންގެ ދެ މެޗަށް އާޖެންޓީނާ ތައްޔާރުވަމުންދާއިރު އެ ޓީމު ވަނީ 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ. އާޖެންޓީނާ ވަނީ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނައިގައި އޮވެ އެ ގައުމު ކޮލިފައިވެފައިވަނީ ޖުމްލަ 31 ޕޮއިންޓާއެކުގަ އެވެ.
ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ލަޔޮނެލް ސްކެލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ތައްޔާރުވަމުންދާއިރު އެ ޓީމަށް ސްކެލޯނީ ވަނީ މުޅިން އައު ކުޅުންތެރިންތަކެއް ނަގާފަ އެވެ. އޭގެ ތެރޭގައިވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރިވަޕްލޭޓަށް ކުޅެމުންދާ އުމުރުން 17 އަހަރުގެ ފޯވަޑް ފްރެންކޯ މަސްޓަންޓުއޯނޯ އެވެ. އަނިޔާއަށްފަހު މެސީ ގައުމީ ޓީމާއި ގުޅިފައިވާއިރު އޭނާ ވަނީ އެމެރިކާގެ މޭޖަރ ލީގުގައި އިންޓަރ މަޔާމީ އެންމެ ފަހުން ކޮލަމްބަސް ކްރޫ އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު 5-1 ގެ ނަތީޖާއަކުން މޮޅުވިއިރު މެސީ ވަނީ ދެ ލަނޑު ޖަހާ އަނެއް ތިން ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ސެންޓިއާގޯ ގައި ޗިލީ އާއި ދެކޮޅަށް ކުޅުމަށްފަހު އަމިއްލަ ގައުމުގައި އާޖެންޓީނާ ނިކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
