
މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، ސައުދީ އަރަބިއްޔާގެ އަލް ހިލާލްގެ ހުށަހެޅުން ދޫކޮށްލައިފިއެވެ. ޕޯޗުގަލްގެ މިޑްފީލްޑަރަށް އަލް ހިލާލްއިން ހުށަހެޅީ 100 މިލިއަން ޔޫރޯގެ އެއްބަސްވުމެކެވެ. މިއީ ހަފުތާއަކު 7 ލައްކަ ޕައުންޑް ލިބޭ ހުށަހެޅުމެކެވެ. އޭނާ މި އޮފާ ދޫކޮށްލީ ފައިސާ ހޯދުމުގެ ނިޔަތުގައި މެންޗެސްޓާ ޔުނައިޓެޑުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވިއްކައިގެން ނުވާނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފައި ވަނިކޮށެވެ. ފެނާންޑޭޒް ބުނީ މި ހުށަހެޅުން ދޫކޮށްލަން އޭނާ ނިންމީ ވެސް އަމޮރިމްގެ އިރުޝާދުގެ ދަށުން ކަމަށެވެ. “އަހަރެން ކޯޗާ ވާހަކަ ދެއްކިން. އޭނާ ބުނީ ޔުނައިޓެޑްގައި މަޑުކުރަން. އަލް ހިލާލްގެ ރައީސް އަހަރެންނާ ފޯނުން ވާހަކަ ދެއްކި. އެމީހުން ތިބީ އަހަރެންނަށް ބޮޑު މުސާރަ އެއް ދޭން ތައްޔާރަށް،” ފެނާންޑޭޒް ބުންޏެވެ.
އޭނާ ބުނީ އަލް ހިލާއިން ކޮންމެ އަގެއް ކިޔަސް ޔުނައިޓެޑުން އޭނާ ވިއްކާ ނުލާނެކަން ކޯޗާ ވާހަކަ ދެއްކަމުން ޔަގީންވި ކަމަށެވެ. “ޔުނައިޓެޑް އޮތީ އަހަރެން ވިއްކާ ގޮތަކަށް ނޫން. މިހެންވެ އަހަރެންނަށް އެންމެ ރަނގަޅު ގޮތަކީ ކުލަބުގައި މަޑުކުރުން. ޔޫރަޕުގައި ނުކުޅެވޭ ވަރަށް އަހަރެން އަދި މުސްކުޅި އެއް ނުވޭ،” ފެނާންޑޭޒް ބުންޏެވެ. މެންޗެސްޓާގެ ކޯޗު އަމޮރިމް ވަނީ ކުލަބުގެ މެނޭޖްމަންޓްގައި ވެސް އަމޮރިން ނުވިއްކުމަށް އެދިފަ އެވެ.
“ފައިސާ ހޯދަން އޭނާ ވިއްކައިގެން ނުވާނެ. އެއީ އަހަރެން ބޭނުންވާ ގޮތެއްނޫން. މެންޗެސްޓާ ޔުނައިޓެޑަށް ފައިސާ ހޯދޭނެ އެ ނޫން ގޮތްގޮތް ވެސް ހުންނާނެ. ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އަދި ކެޕްޓަން ފައިސާ ހޯދާށޭ ކިޔާފައި ވިއްކާލުމަކީ އެއްވެސް ކޯޗަކު އެއްބަސްވާނެ ގޮތެއް ނޫން،” އަމޮރިމް ބުނެފައިވެ އެވެ.
އިނގިރޭސި ނޫސްތަކުން ބުނަނީ ފެނާންޑޭޒް ވިއްކާލުމަށް ޔުނައިޓެޑުނ އެންމެ ފުރަތަމަ ބޭނުންވި ކަމަށެވެ. ސަބަބަކީ ސްކޮޑް ވަރުގަދަ ކުރެވެން އޮތީ މިހާރު ތިބި ގިނަ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކޮށްގެން ކަމަށް ވެސް ވާތީ އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކޯޗުގެ ރުހުން ނުލިބުމުން ކަމަށެވެ. ފެނާންޑޭޒް ވެސް މި ވަގުތު ހުރީ ޔުނައިޓެޑާމެދު މުޅިން ހިތްހަމަ ޖެހިގެން ނޫނެވެ. ސަބަބަކީ އެ ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާއި އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއް ކުޅުމުގެ ފުރުސަތު ނެތުމުންނެވެ. ޔުނައިޓެޑަކީ އަންނަ ސީޒަނުގައި ޔޫރަޕުގައި ނުކުޅޭ އިނގިރޭސި ހަމައެކަނި ބޮޑު ކުލަބެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
