
އަވަސް މުސްތަގުބަލެއްގައި ރިޓަޔާކުރުމުގެ ޚިޔާލު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުގެންގުޅޭ ކަމަށް އެ ގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ. ރޮނާލްޑޯ މި ވަގުތު ހުރީ ކުޅޭނެ ކުލަބެއް ނުނިންމައި ހުސްކޮށެވެ. އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ހުސްވި ސީޒަން ނިންމާލީ ސައޫދީ އަރަބިއާގެ ޕްރޯ ލީގުގެ ރަންބޫޓު ހޯދައިގެންނެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި އައް ނަސްރަށް 25 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް އެ ކުލަބާއެކު ކޮންޓްރެކްޓް އާ ކުރުމާމެދު އޭނާ އަދި ވަކި ގޮތެއް ނުނިންމަ އެވެ. ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން ގައުމީ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާގެ ކެޕްޓަން އަދި ކުޅުން ހުއްޓާނުލާނެ ކަމަށެވެ.
“ދަނޑު މަތީގައި އޭނާ އަކީ އެންމެ އެ މީހަކަށް ބަލާ މީހެއް. ދަނޑު ބޭރުގައި އެންމެން އޭނާ އުޅުމަށް ބަލައި ހަދާ. އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާ އެއް. މިހެންވެ އޭނާ ލައްވައި ކުޅުވަން އަހަރުމެން ބޭނުންވޭ،” މާޓިނޭޒް ބުންޏެވެ. “ރިޓަޔާ ކުރުމުގެ ހިޔާލަކީ އޭނާ ގެންގުޅޭ ވިސްނުމެއް ނޫން. ތިޔައީ މޫސުމާ ބެހޭ ގޮތުން ވާހަކަ ދެއްކުން ފަދަ ކަމެއް. ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލެއް ކޮންމެ ކަމެއްގައި ވެސް އޮވެދާނެ. ރޮނާލްޑޯ ވެސް ތަފާތު ހިޔާލެއް ގެންގުޅެފާނެ،” މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ ޕޯޗުގަލް މިވަގުތު އޮތީ މޮޅު ޓީމެއް ކަމަށާއި އެއީ ރޮނާލްޑޯގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެވޭ ފެންވަރު ހުރި ކުޅުންތެރިންގެ ޓީމެއް ކަމަށެވެ. އޭނާ އިޝާރާތް މި ކުރީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް އެ މުބާރާތުގައި ކުޅެން ރޮނާލްޑޯ ބޭނުންވާ ވާހަކަ އެވެ. ވޯލްޑް ކަޕަކީ މިހާތަނަށް ރޮނާލްޑޯ އަށް ނުލިބޭ ހަމައެކަނި ތައްޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
