
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވުޒާރާ)
ރާއްޖޭގެ އޮލިމްޕިކް މޫވްމަންޓް ދިރުވާ އާލާކޮށް ކުޅިވަރާއި ކުޅުންތެރިން ކުރިއަރުވާ ކުޅިވަރު އައު އުސްމިންތަކަށް ގެންގޮސް ކުޅިވަރުން ގައުމަށް ރީތިނަމާ ޝަރަފް ހޯދައިދިނުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި މެންބަރު އެސޯސިއޭޝަންތައް ގުޅިގެން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުން ދެއްވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ދެވަނަ ދައުރަކަށް އިންތިހާބުވި ރައީސް މުހައްމަދު އަބުދުއްސައްތާރު (ޗަންޕީ) ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގައި އައު ދައުރަކަށް އެމްއޯސީގެ ރައީސްކަމާއި ހަވާލުވެލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ސައްތާރު ވިދާޅުވީ ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއިއެކު ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު އެމްއޯސީއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް އާއި ކުޅިވަރާއިބެހޭ ގައުމީ މަޖިލީހާއި އެކި އިދާރާތަކުން ދޭ އެހީތެރިކަންވެސް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ސައްތާރު ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަންފަށާފައިވާ ކުޅިވަރު ތަރައްޤީކުރުމުގެ ދުރުރާސްތާ ޕްލޭނަށް އަމަލުކުރުމަށް އެމްއޯސީން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ރާއްޖޭގެ އެކި ކުޅިވަރުތައް ކުޅޭ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި މަތީ ވަނަތައް ހޯދުމަށް ފުރުސަތުތައް އިތުރު ކޮށްދެއްވުމަށްވެސް ކުރިޔަށް މިއޮތް ދައުރުގައި އެމްއޯސީން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ މަތީ ފަންތީގެ އެތުލީޓުންގެ ތަމްރީނަށް ފޯކަސް ކުރައްވައިގެން ގިނަ ކަންކަން ކުރިޔަށް ގެންދެވޭނެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވާ ސަރުކާރުން ކުރިޔަށްއޮތްތަނުގައި ކުޅިވަރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް އެމްއޯސީން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އެމްއޯސީއަށް ކުޅިވަރު ވަޒީރު ރާފިއު އާއި އެމްއޯސީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ކޮމިޝަނަރ އޮފް ސްޕޯޓްސް، ޠަލާލް ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވަމުން ސައްތާރު ވިދާޅުވީ ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީގެ ހުރިހާ ކަމަކަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށާއި، ވަރަށް ގާތްގުޅުމެއް ދަމަހައްޓަމުން ގެންދެވި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
