
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމާއި ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަލުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ ސިޔާސަތުތަކުގެ ތެރެއިން 2 ވަނަ ސިޔާސަތުކަމަށެވެ. އެހެންކަމުން މިދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، އަތޮޅުތެރޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
” އަޅުގަނޑުގެ އަމާޒަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށްގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުން. އެކަން ނިމުމަކަށް ގެނައުމަށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް ރަނގަޅު ފެންވަރަށް ޤާއިމްކުރަނީ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅު ކުރަނީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރަށް އިންސާނީ ވަޞީލަތްތައް ބިނާކުރުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް އައިރު މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ޞިއްޙީ ދާއިރާއިން ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
